އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 16/06/2020

ކޮންގޯގައި އެބޯލާ ޖެހުނު 17 މީހުންގެ ތެރެއިން 11 މީހަކު މަރުވެއްޖެ

މީގެ 40 އަހަރުކުރިން ފެތުރެންފެށި އެބޯލާ އައުޓްބްރޭކް ފެނިފައިވަނީ ކޮންގޯގައި އޮންނަ އެބޯލާ ނަމަކަށް ކިޔާ ކޯރެއްގެ ކައިރި ހިސާބަކުންނެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 16/06/2020

Ebola Congo
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ދަ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯއިން 17 މީހަކަށް ނުރައްކާތެރި އެބޯލާ ވައިރަސް ޖެހިފައިވާއިރު، މިހާތަނަށް އޭގެތެރެއިން 11 މީހަކު މަރުވެފައިވާކަމަށް ރިޕޯޓުތަކުން ދައްކައިފި އެވެ.

އެފްރިކާއަށް ނިސްބަތްވާ ކޮންގޯއަކީ މީގެކުރިންވެސް އެބޯލާ އެންމެ ބޮޑަށް ފެތުރުނު ޤައުމެވެ. އަދި މި ބަލީގައި މަރުވެފައިވަނީ އެޤައުމުގެ ވެސްޓަރން ޕްރޮވިންސްއިން ބަލި ޖެހުނު 11 މީހުންކަމަށް ސިއްހީ އޮފިޝަލުން ވަނީ ބުނެފަ އެވެ.

ހަމައެހެންމެ ސިއްހީ ވުޒާރާތަކުން ވަނީ ހިމަބިހިޖެހިގެން އެފްރިކާއިން މިހާތަނަށް 6،000 އަށްވުރެ ގިނަ މީހުން މަރުވެ އަދި ކޮވިޑް-19 ޖެހިގެން 112 މީހުން މަރުވެފައިވަނިކޮށް، ހުސްވި ހަފްތާގައި އެކަނިވެސް 12 މީހުން އެބޯލާއަށް ޕޮޒިޓިވްވެފައިވާ ކަމަށް ބުނެފަ އެވެ.

ޑަބްލިއުއެޗްއޯ އިން ބުނެފައިވާ ގޮތުގައި ކޮންގޯގެ ބައެއް ހިސާބުތަކުން 2،500 އަށް ވުރެ ގިނަ މީހުންނަށް މިހާރު އެބޯލާ ވެކްސިން ވަނީ ދެވިފައެވެ.

މީގެ 40 އަހަރުކުރިން ފެތުރެންފެށި އެބޯލާ އައުޓްބްރޭކް ފެނިފައިވަނީ ކޮންގޯގައި އޮންނަ އެބޯލާ ނަމަކަށް ކިޔާ ކޯރެއްގެ ކައިރި ހިސާބަކުންނެވެ. އޭގެފަހުގައި މި ވައިރަސްގެ ނުރައްކާ ބޮޑުވެ އެފްރިކާގެ ގިނަ ސަރަހައްދުތަކަކަށް ވަނީ ފެތުރިފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ