އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނާއިލް އަލީ ޝާއިޢު ކުރީ 22/10/2019

ސިގިރޭޓާއި ދުރަށް ދިއުމަށް އެހާ އުނދަގޫ ވަނީ ކީއްވެ؟

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ރިޕޯރޓު ކުރާގޮތުގައި 1.1 ބިލިއަން މީހުންނަކީ ދުންފަތުގެ އިސްތިއުމާލު ކުރާމީހުންނެވެ.
Naail Ali Avatar
ނާއިލް އަލީ

ޝާއިޢު ކުރީ: 22/10/2019

Smoking
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ ތެރެއިން 90 އިންސައްތަ މީހުންނަށްވުރެ ގިނަމީހުންނަކީ އެކަން ހުއްޓުމަށް އުނދަގޫތަކެއް ތަހައްމަލް ކުރަމުންދާ މީހުންނެވެ. މިފަދައިން އުނދަގޫވަނީ ސިކުނޑިއާއި ހުރި ގުޅުމަކުން ކަމަށް ވެދާނެއެވެ.

ދުންފަތުން ސަލާމަތް ވުމަށް މީހުން ގިނަފަހަރު މަސައްކަތްކުރަނީ "ނިކޯޑޭރމް ސީކިއު" އަދި "ޗެންޓިކްސް" ފަދަ ބޭސްތަކެވެ. މިދިޔަ ހަފްތާތެރޭ ޝާއިޢުކުރެވުނު ދިރާސާއެއްގައި އެފް.އައި.ޔޫ އިން ސައިކޮލޮޖީގެ ޕީ.އެޗް.ޑީ ހާސިލްކޮށްފައިވާ ދަރިވަރެއް ކަމަށް ވާ ޖެސިކާ ފްލެނެރީ އާއި ސައިންސްވެރިންގެ ޓީމެއް ވަނީ ސިކުނޑީގައި ނިކޮޓިން އަށް ދެވިހިފާ މިކަމުން ސަލާމަތްވުމަށް ހުރަސް އަޅާ ބައި ހޯދާފައެވެ. މިއީ މީހާ ދެވިހިފާފައިވާ ވަރު ކަނޑައަޅާ ބަޔާ މުޅިން ތަފާތު ބައެކެވެ. ނަމަވެސް ކުރިން ދެންނެވި ބޭސްތައް އަސަރު ކުރަނީ މިތަނުން މިބަޔަށެވެ.

"މިދިރާސާއިން ދައްކާގޮތުގައި މިހާރުގެ ބޭހުން ފަރުވާކުރެވެނީ ބަލީގެ ސަބަބުން ވާ ކަންތަކައް. އަސްލު ފަރުވާ ކުރަން ޖެހޭ ކަމަކަށް ފަރުވާ އެއް ނުކުރެވޭ. އެއީ ދެވިހިފުން." އެފް.އައި.ޔޫގެ ކޮގްނިޓިވް ނިއުރޯސައިންޓިސްޓް މެތިއުވަނީބުނެފައެވެ. " އެންމެ ބޭހަކަށް ވުރެ އެކި ބޭސްތަކެއް ސިކުނޑީގެ އެކި ބަޔަށް ފަރުވާކުރުމަށް ބޭނުން ކުރަންޖެހޭ މިކަމަށް ހައްލެއް ހޯދުމަށް"

ސައިންސްވެރިން ވަނީ ދުންފަތުގެ އިސްތުމާލުކުރުން ހުއްޓުމަށް ބޭނުން ކުރާ ބޭސް ދީގެން ސިކުނޑިއަށް އަންނަ ބަދަލުތައް ދުންފަތް ބޭނުން ކުރާ މީހުންނާއި ނުކުރާމީހުންގެ ބަލާފައެވެ. ފަންކްޝަނަލް މެގްނެޓިކް ރެސޮނެންސް އިމޭޖިން ބޭނުން ކޮށްގެން ރިސާޗަރުން ވަނީ މި މީހުން މަސައްކަތް ތަކެއް ކުރަނިކޮށް ސިކުނޑީގެ ސްކޭންތަކެއް ނަގާ ސިކުނޑީގެ ދެބަޔެއް ހޯދާ ބަލާފައެވެ. ސައިންސްވެރިންވަނީ މީހަކު ދެވިހިފާ ފައިވާ މިންވަރު ދައްކުވައިދޭ ބައި ސިކުނޑިން ހޯދާ ފައެވެ. އެއީ ސްޓްރިއަޓަމް ކިޔާ ބަޔެކެވެ. ނަމަވެސް މީހާ ސިނގިރޭޓު ބޮވުމުގެ އިސްސާސް ކުރެވެނީ ސިކުނޑީގެ ހަބުއެނުލާ ކިޔާ ބައިންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ރިޕޯރޓު ކުރާގޮތުގައި 1.1 ބިލިއަން މީހުންނަކީ ދުންފަތުގެ އިސްތިއުމާލު ކުރާމީހުންނެވެ. އޭގެތެރެއިން ދެބައިކުޅަ އެއް ބަޔަށް ވުރެ ގިނަމީހުންނަކީ ލަފާ ކުރެވޭ ގޮތުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުން ޖެހޭބައްޔެއްގައި މަރު ވާނެ މީހުންނެވެ. އެމެރިކާގެ ސެންޓާރ ފޯ ޑިސީސް ކޮންޓްރޯލް އިން ބުނާގޮތުން ނަމަ 68 އިންސައްތަ މީހުންނަކީ ހުއްޓަން ބޭނުން ވާ މީހުންނެވެ، އޭގެން ދެބައިކުޅަ އެއް ބަޔަކީ ކޮންމެ އަހަރަކުވެސް އެކަމަށް މަސައްކަތްކުރާ މީހުންނެވެ. ނަމަވެސް މިކަން ކާމިޔާބު ކުރެވޭނީ ގާތްގަނޑަކަށް 7 އިންސައްތަ މީހުންނަށް ކަމަށްވެއެވެ. 

ފަހުގެ ދިރާސާއަކުން ވަނީ ސިކުނޑީގެ މަސައްކަތާއި ނިކޮޓިން އާއި ހުރި ގުޅުން ހޯދާފައެވެ. މީގެ ސަބަބުން ދުންފަތުގެ އިސްތިއުމާލުން ސަލާމަތްވުމަށް އާގޮތް ތަކެއް ހޯދޭނެއެވެ. 

"ދެވިހިފުމުން ސަލާމަތްވުމަށް އަދި ދުންފަތުން ދުރުހެލިވުމަށް ކުރާ މަސައްކަތް އުނދަގޫވެ ގިނަދުވަސްތަކެއް ވާންޖެހެނީ މިކަމަށް ދެވިހިފާ ޅަކުދިން އިތުރުވެ ވޭޕް ފަދަ ވަސީލަތްތައް އާންމުވުމުން" ފްލެނެރީ ވަނީ ބުނެފައެވެ.

މި ދިރާސާ ޝާއިޢު ކުރެވުނީ ސައިންސް އެޑްވާންސަސް ގައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ