އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 25/01/2021

ކޮވިޑް-19: އާންމު ބަލިތަކުގެ މީހުންނަށް އަވަސް ފަރުވާދިނުމުގައި ދަތިތަކެއް

ވައިރަހުގެ ސަބަބުން މިވަނީ ދިރިއުޅުމުގެ އެތައްކަމެއް ހުއްޓި ދުވަހެއްގެ ކޮޅުން ދެކެން ޖެހިދާނެކަމަށް ހީނުކުރާ ފަދަ ދުވަސްތަކެއް ދެކެމުންނެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 25/01/2021

COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮވިޑް-19އަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ އެމެރިކާގައި ތަހައްމަލްކުރަމުން ދަނީ ހަމައެކަނި މި ވައިރަހުގެ އުނދގޫ އެކަންޏެއް ނޫނެވެ. ވައިރަހުގެ ސަބަބުން މިވަނީ ދިރިއުޅުމުގެ އެތައްކަމެއް ހުއްޓި، ދުވަހެއްގެ ކޮޅުން ދެކެން ޖެހިދާނެކަމަށް ހީނުކުރާ ފަދަ ދުވަސްތަކެއް މިހާރު އެމެރިކާ ދަނީ ދެކެމުންނެވެ.

އޭގެތެރެއިން އެންމެ ބޮޑު ދަތިތަކެއް އެމެރިކާގައި ކުރިމަތިވެފައިވަނީ އެމެރިކާގެ ސިއްހީ ނިޒާމަށެވެ. ކޮވިޑް-19 ކޭސްތައް އިތުރު މުޅި ސިއްހީ ދާއިރާ އެކަމަށް ހުސްވާން ޖެހުމުގެ ނަތީޖާއަކަށް ވީ ކުއްލި ހާލަތުގައި އާންމު ބައްޔަކަށް އަވަސްފަރުވާ ދިނުމަށް ލަސްވެ އެތައް ދަތިތަކެއް ކުރިމަތި ވުމެވެ.

އެގޮތުން އެކްސިޑެންޓެއް ނުވަތަ އެ ނޫންވެސް އެމަރޖެންސީ ހާލަތެއްގައި އެމްބިއުލާންސެއް ނުލިބުމާއި އަދި މިފަދަ ހާލަތްތަކުގައި ހޮސްޕިޓަލްގެ އެމަރޖެންސީ ރޫމުން ޖާގައެއް ނުލިބުންވެސް ހިމެނެއެވެ.

އެމެރިކާގެ ސްޓެޓަން ހޮސްޕިޓަލުން ބުނިގޮތުގައި އެ ހޮސްޕިޓަލްގައި ކޮވިޑް-19 ވަނީ ހޮސްޕިޓަލްގެ މުޅި ތަޅުމަށް ފެތުރިފަ އެވެ. އަދި ކުރިން އެމަރިޖެންސީ ރޫމަށް ޓްރާންސްފާ ކުރަން 15 މިނިޓް ނެގި ނަމަވެސް، މިހާރު އެކަމަށް އެތައް ވަގުތެއް ހޭދަވާކަމަށް ވަނީ ބުނެފަ އެވެ.

ދިވެހިރާއްޖޭގައިވެސް ކޮވިޑް-19 ކޭސްތައް އިންތިހާއަށް އިތުރުވެއްޖެނަމަ ހޮސްޕިޓަލުތަކަށް ބާރުބޮޑުވެ އެހެން ބަލިތަކުގެ މީހުންނަށް ފަރުވާދޭން އުނދަގޫވެދާނެކަމަށް، ކަމާބެހޭ ފަރާތްތަކުން މީގެ ކުރިން ވަނީ އިންޒާރު ދީފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ