އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 22/01/2021

ކޮވިޝީލްޑް ވެކްސިން ބަހައްޓާފައި ހުރީ މިންގަނޑުތަކާ އެއްގޮތަށް: އެޗްޕީއޭ

ކޮވިޝީލްޑް ބަހައްޓަން ޖެހެނީ 2-8 ޑިގްރީ ސެލްސިއަސްގެ ފިނިހޫނުމިނުގަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 22/01/2021

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖެ އަށް އިންޑިއާ އިން ހަދިޔާކުރި 100،000 ޑޯޒް ކޮވިޝީލްޑް ވެކްސިން ބަހައްޓާފައި ހުރީ ރައްކާތެރިކަމާ އެކު ކަމަށް، އެޗްޕީއޭ އިން އިއްޔެ ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ އިންޑިއާ އިން ރާއްޖެ އަށް ހަދިޔާ ކޮށްފައިވާ ކޮވިޑް ވެކްސިން ބަހައްޓާފައިވަނީ ފިނިހޫނުމިން ހުންނަން ޖެހޭ މިންގަނޑުގައި ކަމަށެވެ. އަދި ރައްކާތެރިކޮށް މޮނީޓާ ކުރަމުން ދާ ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ވެކްސިނަކީ ވަކި ފިނިހޫނުމިނެއްގައި ރަނގަޅަށް ބަހައްޓަން ޖެހޭ އެއްޗެއް ކަމުން، މި ވަގުތު އެ ރައްކާކޮށްފައި ހުރީ ކޮން ގޮތަކަށްތޯ ބައެއް ނޫސްވެރިން ވަނީ އެޗްޕީއޭއާ ސުވާލުކޮށްފަ އެވެ. އަދި އޭގެ ޖަވާބުގައި އެޗްޕީއޭއިން ބުނީ ވެކްސިން ގުދަން ކުރެވިފައިވަނީ އެޗްޕީއޭގެ ކޯލްޑް ރޫމްގައި ކަމަށެވެ.

ކޮވިޝީލްޑް ބަހައްޓަން ޖެހެނީ 2-8 ޑިގްރީ ސެލްސިއަސްގެ ފިނިހޫނުމިނުގަ އެވެ.

ކޮވިޑް-19އާ ދެކޮޅަށް އަވަށްޓެރި އިންޑިއާއިން ކުރަމުން އަންނަ ހަނގުރާމައިގެ ތެރެއިން، އަވަށްޓެރި ގައުމުތަކަށް ވެކްސިން ހަދިޔާ ކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން، އެ ގައުމުން އެންމެ ފުރަތަމަ ކޮވިޑް ވެކްސިން ފޯރުކޮށްދިން ގައުމަކީ ދިވެހިރާއްޖެއެވެ.

އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީ އާއި ބޭސް އުފައްދާ މައި އެއް ކުންފުނި ކަމަށްވާ އަސްޓްރަޒެނެކާއިން އުފެއްދި ކޮވިޝީލްޑްގެ 100،000 ޑޯޒުން 50،000 މީހުންނަށް ކޮވިޑުން ރައްކާތެރިކަން ހޯދައިދެވޭނެ އެވެ. އެއް ޑޯޒް ޖެހިޔަސް ކޮރޯނާވައިރަސްގެ ދިފާއު ހަށިގަނޑުގައި އުފެދެ އެވެ. އެކަމަކު ފުރަތަމަ ޑޯޒް ދޭތާ 4-12 ހަފުތާގެ ތެރޭގައި ދެވަނަ ޑޯޒެއް ޖެހުމުން އެ ދިފާއުގެ މިންވަރު 90 ޕަސެންޓަށް އަރާ ކަމަށް، ތަހުލީލުތަކުން ދައްކަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ