އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 18/01/2021

ކޮރޯނާވައިރަސް އާ ވޭރިއަންޓްގެ ސަބަބުން ޕެންޑަމިކް އިތުރަށް ގޯސްވެދާނެ: ސީޑީސީ

B.1.1.7ގެ ނަންދީފައިވާ މި ވެރިއަންޓް 2019 ވަނަ އަހަރު ފެތުރެންފެށި ކޮރޮނާވައިރަހަށްވުރެ ދެ ގުނަ އަވަހަށް ފެތުރޭކަމަށް ރިސާޗަރުން މީގެކުރިން ވެސް ވަނީ ބުނެފައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 18/01/2021

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އިނގިރޭސިވިލާތުން ފެނުނު ކޮރޯނާވައިރަހުގެ ނުރައްކަތެރި އާ ވޭރިއަންޓްގެ ސަބަބުން ކޮރޯނާވައިރަސް ޕެންޑަމިކް އިތުރަށް ގޯސްވެދާނޭކަމަށް އެމެރިކާގެ ސެންޓަރ ފޯރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)އިން ބުނެފި އެވެ.

ސީޑީސީއިން މިހެން ބުނެފައިވާއިރު، މި ނުރައްކާތެރި ވޭރިއަންޓް ވަނީ އެމެރިކާއިން ވެސް ފެނިފައެވެ. އަދި ސީޑީސީއިން ވަނީ އެމެރިކާއިން މި ވައިރަހުން އަރައިގަތުމަށް ކުރަމުން އަންނަ މަސައްކަތް ދެގުނައަށް އިތުރުކުރަން ޖެހޭނެކަމަށް ބުނެފަ އެވެ.

އެމެރިކާއަކީ މިހާތަނަށް އެންމެ ގިނަ ކޮވިޑް-19 ކޭސްތައް ފެނި އަދި އެންމެ ގިނަ އަދަދަކަށް މި ބަލީގައި މީހުން މަރުވެފައިވާ ޤައުމެވެ.

B.1.1.7ގެ ނަންދީފައިވާ މި ވެރިއަންޓް 2019 ވަނަ އަހަރު ފެތުރެންފެށި ކޮރޮނާވައިރަހަށްވުރެ ދެ ގުނަ އަވަހަށް ފެތުރޭކަމަށް ރިސާޗަރުން މީގެކުރިން ވެސް ވަނީ ބުނެފައެވެ. އަދި މި ސްޕީޑަކީ ވައިރަސް އިތުރަށް ނުރައްކާ ކަމެއްކަމަށް ރިސާޗަރުން އިއްތިފާގު ވެއެވެ.

އެހެންކަމުން މީގެ މާނައަކީ ކުރިއަށްވުރެ ބޮޑަށް ސަމާލުކަންދީ މާސްކް އަޅައިގެން އުޅޭ ވަގުތު އިތުރުކޮށް، ގައިދުރުކަން ބެހެއްޓުމަށް އިތުރަށް ސަމާލުވުންކަމަށް ސީޑީސީއިން ބުނެއެވެ.

"މީގެ މާނައަކީ މި ވައިރަސް ކޮންޓްރޯލް ކުރަން އަދިވެސް ބުރަކޮށް އަހަރެމެން މަސައްކަތް ކުރަން އެބަ ޖެހެޔޭ. ހުރިހާ ރައްކާތެރިކަމުގެ ފިޔަވަޅެއްވެސް މިހާރު އަޅަންވީ އޭގެ އެންމެ މަތީ ދަރަޖައަށް. އެ ވަރިހަމަ ވެކްސިން ދިނުން ވިޔަސް." ސީޑީސީގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ގްރެގޮރީ އާރމްސްޓްރޯންގް ވިދާޅުވެފައި ވެއެވެ.

ޖޯން ހޮޕްސްކިން ޔުނިވަރސިޓީގެ ޑާޓާތަކުން ދައްކަގޮތުގައި މިހާތަނަށް 23 މިލިޔަނަށްވުރެ ގިނަ މީހުންގެ ކިބައިން މި ވައިރަސް ވަނީ ފެނި، 2 މިލިޔަނަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އެމެރިކާއިން އެކަނިވެސް ވަނީ 390،000 މީހުން މަރުވެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ