އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 18/01/2021

ކުރިއަށް އޮތް ތިން ހަފްތާ ތެރޭގައި އެމެރިކާއިން އިތުރު 92،000 މަރުވާނެކަމަށް ލަފާކޮށްފި

އެމެރިކާގައި ކޮވިޑް-19 ވެކްސިން ދޭން ފަށާފައި ވީނަމަވެސް، އެޤައުމުން ޕޮޒިޓިވްވެ، މަރުވާ މީހުންގެ އަދަދަކަށް އަދި ބަދަލެއް ނާދެއެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 18/01/2021

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮރޯނާވައިރަސް ޖެހިގެން ކުރިއަށް އޮތް ތިން ހަފްތާގެ ތެރޭގައި އެމެރިކާއިން އެކަނިވެސް 92،000 އަށްވުރެ ގިނަ މީހުން މަރުވާނޭކަމަށް ސެންޓަރ ފޯރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)އިން ލަފާކޮށްފި އެވެ.

އެމެރިކާގައި ކޮވިޑް-19 ވެކްސިން ދޭން ފަށާފައި ވީނަމަވެސް، އެޤައުމުން ޕޮޒިޓިވްވެ، މަރުވާ މީހުންގެ އަދަދަކަށް އަދި ބަދަލެއް ނާދެއެވެ. އެހެންނަމަވެސް، މިހާރު ވެކްސިން ދެމުންދާ ގޮތަށް ހުއްޓާނުލައި ކުރިއަށް ގެންގޮސްފިނަމަ، ވައިރަސްގެ ނިމުން ފެންނާނޭކަމަށް ސިއްހީ މާހިރުން ވަނީ ބުނެފަ އެވެ.

ކޮވިޑް ޓްރެކިން ޕްރޮޖެކްޓްއިން ދައްކާގޮތުގައި އެމެރިކާގައި މިހާރުވެސް 130،300 އަށްވުރެ ގިނަ މީހުން ކޮވިޑް ޖެހިގެން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައި ކޮށްފައި އެބަތިއްބެވެ. އަދި ކުރިއަށް އޮތް މޫސުމުގައި މިއަދަދު ދެގުނަ ވާނޭކަމަށް އޮފިޝަލުން ލަފާކުރެއެވެ.

އެމެރިކާއިން ކޮންމެ ދުވަހަކު އެތައް ހާސް މީހުންނެއް ކޮވިޑް-19 ޖެހިގެން ރިޕޯޓް ކުރެއެވެ. އެގޮތުން މި މަހުގެ މިހާތަނަށް އެކަނިވެސް އެޤައުމުން ވަނީ މުޅިން އަލަށް ތިން މިލިޔަނަށްވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ