އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 18/01/2021

ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ދެ މިލިޔަނަށް އަރައިފި

ކޮރޯނާވައިރަސް ޖެހިގެން އެންމެ ގިނަ މީހުން ޕޮޒިޓިވްވެ، އަދި މަރުވެފައިވަނީ  އެމެރިކާއިންނެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 18/01/2021

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ދެ މިލިޔަނަށް އަރައިފި އެވެ.

2019 ވަނަ ޗައިނާއިން އުފަންވި ކޮރޯނާވައިރަސްގެ ކޭސްތައް ވަނީ ގާތްގަނޑަކަށް ދުނިޔޭގެ ހުރިހާ ޤައުމުތަކަކުންވެސް ފެނިފައެވެ. އެގޮތުން 190 ޤައުމަކުން މިހާތަނަށް ވަނީ 90 މިލިޔަނަށްވުރެ ގިނަ މީހުން މި ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.

ކޮރޯނާވައިރަސް ޖެހިގެން އެންމެ ގިނަ މީހުން ޕޮޒިޓިވްވެ، އަދި މަރުވެފައިވަނީ  އެމެރިކާއިންނެވެ. އެމެރިކާއިން މި ވައިރަހަށް 23،266،473 މީހުން ޕޮޒިޓިވްވެފައި ވާއިރު، 387،741 މީހުން ވަނީ މަރުވެފަ އެވެ.

އެމެރިކާއަށްފަހު އެންމެ ގިނަ ކޭސްތަކާއެކު، އެންމެ ގިނަ މީހުން މަރުވެފައިވަނީ ބްރެޒިލް އަދި އިންޑިޔާއިންނެވެ. އެންމެ މަދުން މި ވައިރަހަށް މީހުން ޕޮޒިޓިވްވެފައިވަނީ ޕެސިފިކް އޯޝަންގައި އޮންނަ ވަނުއާޓު ނަމަކަށް ކިޔާ ޖަޒީރާ ޤައުމަކުންނެވެ. ވަނުއާޓުން ޕޮޒިޓިވްވެފައި ވަނީ އެންމެ މީހެކެވެ.

ކޮރޯނާވައިރަހަށް ތަފާތު ގިނަ ކުންފުނިތަކުން ވަނީ ވެކްސިން އުފައްދާފަ އެވެ. އޭގެތެރެއިން ބައެއް ވެކްސިން މިހާރު ބައެއް ޤައުމުތަކުން ވަނީ ބަލައިގަނެ، ރައްޔިތުންނަށް ދޭން ފަށާފައެވެ. މީގެތެރޭގައި އިނގިރޭސިވިލާތް، އެމެރިކާ، އިންޑިޔާ އަދި ޗައިނާ ހިމެނެއެވެ.

ވެކްސިންގެ ރޭހުގައި އެންމެ ކުރީގައި އަދި އުޅެނީ ފައިޒާ އަދި ބައޯއެންޓެކް އިން އުފެއްދި ވެކްސިނާއި، މޮޑަރނާގެ ވެކްސިނުގެ އިތުރުން އެސްޓްރާޒެނިކާ އަދި އޮކްސްފޯޑުން އުފެއްދި ވެކްސިނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ