އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 02/01/2021

ކޮވިޑް-19 ވެކްސިން ގަތުމަށް ސަރުކާރުން ސިންގަޕޫގެ ކުންފުންޏަކާއެކު ސޮއި ކުރަން ނިންމައިފި

މި ވެކްސިން ހޯދަން ސޮއި ކުރަން ނިންމާފައި ވަނީ އެސްޓްރާޒެނެކާ ސިންގަޕޯރ ޕްރައިވެޓް ލިމިޓެޑާ ދެމެދު - ފިނޭންސް މިނިސްޓަރ
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 02/01/2021

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮވިޑް-19 އިން އަރައިގަތުމަށް ބޭނުންވާ ވެކްސިން ހޯދުމަށްޓަކައި ދިވެހި ސަރުކާރާއި ސިންގަޕޫރުގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކުރަން ނިންމައިފިއެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ސޮއިކުރައްވާ ނެރުނު ގަރާރުގައި ވިދާޅުވެފައި ވަނީ، މި ވެކްސިން ހޯދަން ސޮއި ކުރަން ނިންމާފައި ވަނީ އެސްޓްރާޒެނެކާ ސިންގަޕޯރ ޕްރައިވެޓް ލިމިޓެޑާ ދެމެދު ކަމަށެވެ.

އެސްޓްރާޒެނެކާ އަކީ އޮކްސްފޯޑް ޔުނިވާސިޓީއާ ގުޅިގެން ވެކްސިން އުފެއްދި ކުންފުންޏެވެ. އެ ވެކްސިން ބޭނުންކުރަން އިނގިރޭސި ވިލާތުގެ ރަސްމީ އިދާރާތަކުން އިއްޔެ ވަނީ ހުއްދަ ދީފަ އެވެ. އަދި އަންނަ ހޯމަދުވަހު އިނގިރޭސި ވިލާތުގައި އެ ވެކްސިން ދޭން ފަށާނެ އެވެ.

މީގެ 21 އަހަރު ކުރިން އުފެއްދި އެސްޓްރާޒެނެކާ އިން ގެންދަނީ ކެންސަރާއި ނޭވާލާ ނިޒާމުގެ ބަލިތަކަށް ޖެހޭ ބޮޑެތި ބަލިތަކަށް ވެސް ބޭސް އުފައްދަމުންނެވެ.

އެ މިނިސްޓްރީން ވިދާޅުވީ، މި ވެކްސިންއަކީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން މުޅި ދުނިޔެއަށްވެސް ބޭނުން ޖެހިފައިވާ ވެކްސިނަކަށްވުމާއި، އެ ވެކްސިން މިވަގުތު ވަކި ބައެއްގެ ފަރާތުން މެނުވީ ލިބެން ނެތް ކަމަށެވެ.

އަދި އެ ވެކްސިން މުޅި ދުނިޔޭގައިވެސް ދޫކުރަމުންދަނީ ޕްރޮކިއުމަންޓުގެ ހާއްސަ އުސޫލުތަކެއްގެ ދަށުން ކަމަށް ވާތީ، މާލިއްޔަތު ގަވާއިދަށް ނުވަތަ ގަވާއިދުން ބަޔަކަށް އަމަލުކުރަން ނުޖެހޭ ގޮތަށް ކަނޑައަޅާފައިވާ ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ