އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 02/01/2021

ރާއްޖޭގައި ކޮވިޑްގެ އާ ބާވަތް އުޅޭތޯ ބަލަން ސާމްޕަލް ފޮނުވަން މަޝްވަރާކުރަނީ

ރާއްޖޭގައި ކޮރޯނާވައިރަސްގެ އައު ބާވަތް އުޅޭކަން ދެނެގަތުމަށް ޓެސްޓު ހަދާނީ ރާއްޖޭގައި އުޅޭ ވައިރަސްގެ ސްޓްރެއިނުތައް ދެނެގަތުމަށް ޖެނެޓިކް ސީކުއެންސް ހެދުމުގެ ތެރެއިންނެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 02/01/2021

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އިނގިރޭސިވިލާތުން ފެނުނު ކޮރޯނާވައިރަސްގެ އައު ބާވަތް ރާއްޖޭގައި އުޅޭތޯ ބެލުމަށް ސާމްޕަލް ބޭރަށް އަދި ނުފޮނުވާ ކަމަށާއި، ބޭރުގެ ލެބޯޓަރީތަކަށް ސާމްޕަލްތައް ފޮނުވުމާ ގުޅޭ ގޮތުން މިހާރު މަޝްވަރާކުރަމުންދާ ކަމުގައި ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

ރާއްޖޭގައި ކޮރޯނާވައިރަސްގެ އައު ބާވަތް އުޅޭކަން ދެނެގަތުމަށް ޓެސްޓު ހަދާނީ ރާއްޖޭގައި އުޅޭ ވައިރަސްގެ ސްޓްރެއިނުތައް ދެނެގަތުމަށް ޖެނެޓިކް ސީކުއެންސް ހެދުމުގެ ތެރެއިންނެވެ. ޖީން ސީކުއެންސް ހެދުމަށް މީގެ ކުރިން ސާމްޕަލްތަކެއް ފޮނުވައި ނަތީޖާވެސް ލިބިފައިވެއެވެ.

މިހާތަނަށް ރާއްޖެއިން ބޭރަށް ޖީން ސީކުއެންސް ހަދަން ފޮނުވީ ރާއްޖެއިން ފުރަތަމަ ޕޮޒިޓިވްވި ބޭރު މީހުންގެ ތެރެއިން ބައެއް މީހުންގެ ސާމްޕަލްތަކާއި މާލޭގައި ބަލި ފެތުރެން ފެށި ފުރަތަމަ ދުވަސްކޮޅު ބައްޔަށް ޕޮޒިޓިވްވި މީހުންގެ ސާމްޕަލްތަކެވެ.

އައު ވޭރިއެންޓު އުޅޭތޯ ބެލުމަށް ހަދާ ޓެސްޓަށް ވަކި ޚާއްޞަ ބައެއްގެ ކިބައިން ސާމްޕަލް ނަގާނެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ