އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 29/12/2020

ކޮވިޑް ޖެހުނު 3 އަހަރުގެ ކުއްޖަކަށް ސްޓްރޯކެއް ޖެހިއްޖެ

އޭނާ އަށް ކޮވިޑް-19 ޖެހިފައިވާކަން އެނގުނީ ހުސްވި ހަފްތާއިން ފެށިގެން ނުކާން އުޅެން ފެށުމުން ކައިރި ކްލިނިކް އަކަށް ގޮސް ދެއްކުމުންނެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 29/12/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮލަމްބިޔާގައި ކޮވިޑް-19 ޖެހުނު 3 އަހަރުގެ ކުއްޖަކަށް ސްޓްރޯކެއް ޖެހިއްޖެ އެވެ.

ކޮލްޓް ނަމަކަށް ކިޔާ މި ކުއްޖާ ކޮވިޑް-19 ޕޮޒިޓިވްވުމަށްފަހު ފަހުން ވަނީ ސްޓްރޯކެއް ޖެހިފަ އެވެ. އަދި ކޮލްޓްގެ އާއިލާއިން ވަނީ އޭނާ ދުނިޔޭގައި ހުންނާނޭ ކަމުގެ އުއްމީދު ކަނޑާލާފައެވެ.

ކޮލްަޓްއަށް ކޮވިޑް-19 ޖެހިފައިވާކަން އެނގުނީ ހުސްވި ހަފްތާއިން ފެށިގެން ނުކާން އުޅެން ފެށުމުން ކައިރި ކްލިނިކް އަކަށް ގޮސް ދެއްކުމުންނެވެ. ކޮލްޓްއަށް ސްޓްރޯކް ޖެހުނީ ކޮވިޑް ޖެހި ރަނގަޅުވިތާ ދުވަސްކޮޅެއް ފަހުންނެވެ.

އެގޮތުން ކޮލްޓް ވާހަކަދެއްކުން މަދުވެ، ވަރުބަލިވާ ގޮތްވެގެން އުޅެންފެށުމުން ހޮސްޕިޓަލަށް ގޮސް ހެދި ޓެސްޓްތަކުން ކޮލްޓްއަށަ ސްޓްރޯކް ޖެހިފައިވާކަން އެނގުނު ކަމަށް ކޮލްޓްގެ މަންމަ ވަނީ ބުނެފަ އެވެ.

އަދި އޭގެ އިރުގަނޑެއް ފަހުން ކޮލްޓްގެ ވާތްފަޅީގެ ބާރުވަނީ ގޮސްފައެވެ.

ކޮލްޓް ބެލި ކުޑަކުދިންގެ ނާރުގެ ހާއްސަ ޑޮކްޓަރ ޕައުލް ކާނޭ ވަނީ އޭނާގެ 20 އަހަރުގެ ކެރިއާގައި ވެސް މިކަހަލަ ކަމެއް ދިމާވެފައި ނުވާކަމަށް ބުނެފަ އެވެ. 

އަދި ކޮވިޑަށް ފަހު ދަރިފުޅުގެ ކިބައިން މިފަދަ ކުޑަވެސް ބަދަލެއް ފާހަގަވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެެއްކުމަށް ޑރ. ކާނޭ ވަނީ އެދިފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ