އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 29/12/2020

ކޮވިޑްގެ އާ ވޭރިއަންޓް ޔޫރަޕުގެ ގިނަ ގައުމުތަކަކުން ފެންނަން ފަށައިފި

އިނގިރޭސި ވިލާތުން ފެނިގެން އުޅޭ ކޮރޯނާވައިރަހުގެ އާ ވޭރިއަންޓް ފެނިފައިވާ ޤައުމުތަކުގެ ތެރޭގައި ފްރާންސް، ސްޕޭން، ސްވިޑަން އަދި ސްވިޒަލެންޑް ހިމެނެ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 29/12/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮރޯނާވައިރަހުގެ އާ ވޭރިއަންޓް ޔޫރަޕުގެ ގިނަ ގައުމުތަކަކުން ފެންނަން ފަށާފައިވާ ކަމަށް ސައެންސްވެރިން ބުނެފި އެވެ.

އިނގިރޭސި ވިލާތުން ފެނިގެން އުޅޭ ކޮރޯނާވައިރަހުގެ އާ ވޭރިއަންޓް ފެނިފައިވާ ޤައުމުތަކުގެ ތެރޭގައި ފްރާންސް، ސްޕޭން، ސްވިޑަން އަދި ސްވިޒަލެންޑް ހިމެނެ އެވެ.

ކުރިން ވަނީ ޑެންމާކް، އޮސްޓްރޭލިއާ އަދި ނެދަލޭންޑްސް އިން ވެސް ފެނިފަ އެވެ. ޔޫކޭ އިން ޖަޕާނަށް ހުކުރު ދުވަހު ދަތުރުކުރި ފަސް މީހެއްގެ ފަރާތުން ވަނީ އާ ވައިރަސް ފެނިފަ އެވެ.

އަދި ކޮރޯނާވައިރަހުގެ އާ ވޭރިއަންޓެއް އިނގިރޭސި ވިލާތުން ފެނުމާ އެކު ޔޫރަޕުގެ ގިނަ ގައުމުތަކަކުން ވަނީ ޔޫކޭގެ ދަތުރުވެރިންނަށް ބޯޑަރުތައް ބަންދުކޮށްފަ އެވެ.

ކޮވިޑްގެ އާ ވޭރިއަންޓް ފަސޭހަ އިން ފެތުރުނު ނަމަވެސް އެއީ އެހާ ނުރައްކާ ވައްތަރެއް ނޫން ކަމަށް ތަޖްރިބާކާރުން ބުނެ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ