އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 25/10/2020

6 ފޫޓު ދުރުގައި ހުންނައިރު ވެސް މާސްކް އަޅަންޖެހޭތަ؟

ހުރިހާ ތަނެއްގައި ހުރިހާ ވަގުތެއްގައި ހަ ފޫޓުގެ ދުރުމިނެއް ބެހެއްޓުމަކީ ނާދިރުކަމެއް - ސީޑީސީ
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 25/10/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިއީ ވަރަށް ގިނަ މީހުންގެ އުފެދޭ ސުވާލެކެވެ. އަދި ވަރަށް ގިނަ ފަހަރަށް ފަރުވާ ކުޑަކޮށްލެވޭ ކަމެކެވެ. 6 ފޫޓު ދުރުގައި ހުންނައިރު އަހަރެން ކޮންމެހެން މާސްކްއަޅަންޖެހޭ ހެއްޔެވެ؟

ސިއްހީ މާހިރުން ލަފާ ދޭގޮތުގައި އާންމުތަންތަނުގައި އިޖުތިމާއީ ގައިދުރުކަން ބެހެއްޓި ނަމަވެސް، މާސްކް އެޅުމަކީ ކޮންމެހެން މަޖުބޫރު ކަމެކެވެ.

އެމެރިކާގެ ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނެފައިވާ ގޮތުގައި، ހުރިހާ ތަނެއްގައި ހުރިހާ ވަގުތެއްގައި ހަ ފޫޓުގެ ދުރުމިނެއް ބެހެއްޓުމަކީ ނާދިރުކަމެކެވެ. ހާއްސަކޮށް ޖާގައިގެ ގޮތުން ދަތި، އަދި ވައި ދައުރުނުވާ ތަންތަނުގައި ވައިރަސް ފަސޭހައިން އެކަކު އަނެކެއްގެ ގަޔަށް ދަތުރުކުރުމުގެ ފުރުސަތު އޮވެއެވެ.

އެހެންކަމުން ސިއްހީ މާހިރުން ވަނީ އާންމު އެއްވުންތަކުގައި ، އެއީ ހާމަތަނެއްގައި 6 ފޫޓުގެ ދުރުމިނެއް ހުރި ނަމަވެސް މާސްކް އެޅުން މުހިއްމުކަމަށް ބުނެފަ އެވެ. 

އަދި މާސްކް އެޅި ނަމަވެސް އެންމެ ބުއްދިވެރި ގޮތަކީ ހަ ފޫޓުގެ ދުރުމިނެއް ބެހެއްޓުމެވެ. ސަބަބަކީ ވާހަކަދެއްކުމުގެ ތެރެއިން އަޑުބާރުކޮށް ވާހަކަދެއްކުމާއި، ލަވަކިޔާ ކަސްރަތުކޮށް ހެދުމުގެ ތެރެއިން އަނގައިގައި ހުންނަ ޖަރާސީމު ވައިގެތެރއިން ފުދޭވަރަކަށް ދުރަށް ދަތުރުކުރާތީ އެވެ. 

ވާރޖީނިއާ ޓެކްގެ ޕަބްލިކް ހެލްތް އެކްސްޕާޓެއް ކަމަށްވާ ލިސާ އެމް. ލީ ވިދާޅުވިގޮތުގައި ގެއިން ބޭރަށް ދާނަމަ މާސްކް އެޅުމާއި ގައިދުރުކަން ބެހެއްޓުން އަދި އަތް ސާފުކޮށް ބެހެއްޓުމަށް އެއްވަރަކަށް ސަމާލުކަން ދޭން ޖެހެއެވެ. އަދި އެންމެ ކުޑަމިނުން މާސްކް އެޅުމަށް އޭނާ ވަނީ އެދިފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ