އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 25/09/2020

އައިޖީއެމްއެޗުން ހެދި ޕީސީއާރު ޓެސްޓުގެ އަދަދު ލައްކައަކަށް

ޕީސީއާރް ޓެސްޓުކުރަން ފަށާފައި ވަނީ ފެބުރުއަރީ 29 ވަނަ ދުވަހު- އައިޖީއެމްއެޗް
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 25/09/2020

IGMH Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އައިޖީއެމްއެޗުގެ ލެބޯރެޓަރީން 100،000 ކޮވިޑް-19 ޕީސީއާރު ޓެސްޓު ހަދާފައިވާ ކަމަށް އެ ހޮޮސްޕިޓަލުން ބުނެފިއެވެ.

މާޗު ހަތެއްގައި ރާއްޖެއިން ކޮވިޑް ގެ ފުރަތަމަ ކޭސް ފެނުނު ހިސާބުން ފެށިގެން، އައިޖީއެމްއެޗްގެ ލެބޯރެޓަރީން 24 ގަޑިއިރު މެދުނުކެނޑި ކޮވިޑް ޕީސީއާރް ހެދުމުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ. އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ، ޕީސީއާރް ޓެސްޓުކުރަން ފަށާފައި ވަނީ ފެބުރުއަރީ 29 ވަނަ ދުވަހު ކަމަށެވެ. އަަދި ބުދަ ދުވަހާއި ހަމައަށް އެއް ލައްކަ ޓެސްޓު ކުރެވިފައިވާ ކަމަށެވެ.

އައިޖީއެމްއެޗުން ބުނީ، އެ ހޮސްޕިޓަލުން ޕީސީއާރު ޓެސްޓުކުރަން ފެށީ އެންމެ ތިން މުވައްޒަފުން ހިމެނޭ ޓީމަކުން ކަމަށާއި ނަމަވެސް ކޮވިޑުގެ ކޭސްތައް އިތުރުވާން ފެށުމުން އެ ޓީމުގައި ހިމެނޭ މުވައްޒަފުންގެ އަދަދު އިރުކޮށްފައިވާ ކަމަށެވެ. އެގޮތުން ކޮވިޑް ޕީސީއާރު ޓެސްޓު ހެދުމުގައި މިހާރު 22 މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އެންމެ ފުރަތަމަ ޕީސީއާރް ޓެސްޓުކުރަން ފެށިއިރު، ޓެސްޓިން ކެޕޭސިޓީ ހުރީ ކޮންމެ 24 ގަޑިއިރަކު 100 ޕީސީއާރު ޓެސްޓެވެ. އެހެންނަމަވެސް މިހާރު ޓެސްްޓިން ކެޕޭސިޓީ އަކީ ކޮންމެ 24 ގަޑިއިރަކު 1،500 ޓެސްޓު ކަމަށް ހޮސްޕިޓަލުން ބުނެ އެވެ. އަދި ބުނީ އެއީ ސާމްޕަލް އެކްސްޓްރެކްޓު ކުރުމުގައި ޒަމާނީ މެޝިންތަކާއި ޕީސީއާރް މެޝިންތައް އަދި އިތުރު މުވައްޒަފުން ތަމްރީނު ކޮށް ނަތީޖާ ނެރެފައިވާ ކަމަށެވެ.

އެ ބަޔާނުގައި އައިޖީއެމްއެޗުން ވަނީ، ލެބޯރެޓަރީ މުވައްޒަފުންނަކީ ކޮވިޑް-19އާ ގުޅިގެން އެންމެ ކުރީ ސަފުގައި ހިދުމްތަދޭ ފަރާތްތައް ކަން ފާހަގަކޮށް، ލެބޯރަޓަރީ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކޮށްފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ