އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 06/08/2020

ބޭރަށް ދާއިރު މާސްކްއެޅުމޭ ބުނަނީ ފުރާޅެއްގެ ދަށަށް ވަންނައިރު މާސްކް ނަގާކަށްނޫން: ޑރ. ފައިސަލް

ސިއްހީ މާހިރުން "ބޭރު" މާނަ ކޮށްފައިވަނީ އެމީހެއްގެ އަމިއްލަ ގޭތެރޭގައި އުޅޭ ޢާއިލާ މެންބަރުންނޫން އެހެން މީހުންނާ ބައްދަލުވާ ހިސާބު އަދި ބައްދަލުނުވިޔަސް އޭނަ ނިކުންނަތަނެވެ. (ފޮޓޯ: މިހާރު)
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 06/08/2020

Coronavirus COVID-19 Dr Ahmed Faisal
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ބޭރަށް ދާ ވަގުތު މާސްކް އެޅުމަށް އިލްތިމާސް ކުރުމަކީ ހަމައެކަނި މަގުމަތީގައި މާސްކް އެޅުން ނޫންކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރ، ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

އާންމުކޮށް މުޖުތަމައު އާއި ގުޅުންހުރި އާންމު ސިއްހީ މައްސަލަތަކާއި ގުޅޭގޮތުން ޓްވީޓް ކުރައްވާ ފައިސަލް މިފަހަރު ކުރެއްވި ޓްވީޓްގައި ވަނީ ވަރަށް ގިނަ މީހުންނަށް "ބޭރަށް ދާ ވަގުތު" މާސްކް އެޅުމަށް ބުނެފައި އޮތްއޮތުން އަދިވެސް ރަނގަޅަށް ސާފުނުވާކަން ފާހަގަ ކުރައްވާފަ އެވެ.

އެގޮތުން ބައެއް މީހުން ގޭގެ ދޮރުން ވަދެވުމާއެކު މާސްކް ނަގާކަން ފާހަގަކުރައްވާ ޑރ. ފައިސަލް ވިދާޅުވީ މިގޮތަށް ގެއަށް ވަންނައިރު ހުންނަ ސިޑި އަދި ލިފްޓް ފަދަ ޖާގައިގެ ގޮތުން ހަނި ތަންތަނަކީ އެންމެ ފަސޭހައިން ވައިރަސް ހަރުލާގޮތަށް ހުންނަ ތަންތަން ކަމަށެވެ. މީގެތެރޭގައި ކާރުވެސް ޑރ. ފައިސަލް ވަނީ ފާހަގަކުރައްވާފަ އެވެ.

ސިއްހީ މާހިރުން "ބޭރު" މާނަ ކޮށްފައިވަނީ އެމީހެއްގެ އަމިއްލަ ގޭތެރޭގައި އުޅޭ ޢާއިލާ މެންބަރުންނޫން އެހެން މީހުންނާ ބައްދަލުވާ ހިސާބު އަދި ބައްދަލުނުވިޔަސް އޭނަ ނިކުންނަތަނެވެ. އޭގެތެރޭގައި ސިޑި، ލިފްޓް އަދި ކާރު ހިމެނެ އެވެ.

ޑރ. ފައިސަލް ވިދާޅުވީ ލިފްޓް ނުވަތަ ކާރަށް އަރާއިރު ކުރިން އެތަނުން ނުކުތް މީހުންގެ ގައިން ދޫވެފައިވާ ވައިރަސްތައް ތަނުން ބޭރުވާން ވަގުތު ދީފައި އެތަނަކަށް ވަނުން މުހިއްމުކަމަށެވެ. އެގޮތުން އެގްޒޯޓުން ބޭރުކުރިޔަސް އަދި ކުޑަދޮރުތައް ހުޅުވާލައިގެން ބޭރުވާން ވަގުތު ދިނަސް ރަނގަޅުވާނެ އެވެ.

އާންމުކޮށް ބަންދުވެފައި ހުންނަ ތަންތަނުގައި ވައިރަސް ހަށިގަނޑަށް ވަނުމުގެ ފުރުސަތު ބޮޑުކަމަށް ޑރ. ފައިސަލް ވަނީ ވިދާޅުވެފައެވެ. ސަބަބަކީ ބޭރުގައި ނަމަ ވަޔާއެކީ ވައިރަސްތައް ބުރަބުރައިގެން ދިޔަނަމަވެސް ބަންދުވެފައި ހުންނަތަންތަނުގައި އެ ފުރުސަތު ކުޑަވާނެތީ އެވެ.

އަދި ހާއްސަކޮށް ވާހަކަދައްކާއިރު، ވައިރަސްގެ ކުޅުތައް ނިކުންނަލެއް ބާރުވެފައި، ކުޅުތައް ކުދިވަމުންގޮސް އެއިރޯސޯލްއަށްވެ، ފޮތި މާސް އަޅައިގެންހުއްޓަސް އަނެކާއަށް އޭގެން ބަލިޖެހުން އެކަށީގެންވާކަމަށް ޑރ. ފައިސަލް ވަނީ ވިދާޅުވެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ