އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ދިވެހި ބޭސް
ލިޔުނީ ނާއިލް އަލީ ޝާއިޢު ކުރީ 17/09/2019

ރޮސޭލާ ސައި: ޕީރިއަޑް ތަދަށް ރަނގަޅު ހައްލެއް

ސިއްހީ ފައިދާތަކުން ފުރިގެންވާ ރަހަ މީރު ބުއިމެއް
Naail Ali Avatar
ނާއިލް އަލީ

ޝާއިޢު ކުރީ: 17/09/2019

Weight management Blood pressure Diabetes Roselle Menstruation
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރޮސޭލާގަހަކީ ވެސްޓް އެފްރިކާއަށް ނިސްބަތްވާ ހައިބިސްކަސް އާއިލާގެ ވަރަށް ރީތި، ސިއްހަތަށް އެހާމެ ފައިދާހުރި ގަހެކެވެ. އާންމު ގޮތެއްގައި ސައިގެ ގޮތުގައި ބޭނުންކުރެވޭ މި ގަހަކީ ދިވެހި ބޭހުގެ ދާއިރާގައި ނަން މަޝްހޫރު ފަރުވާއެކެވެ. މި ގަސް ބޭނުން ކުރެވިގެން އައީ ލޭގެ ޕްރެޝާ ދަށް ކުރުމަށާއި، ލޭގައި ހަކުރު ހުރި މިންވަރު ދަށް ކުރުމަށާއި، ލިވާ އަށާއި، އެންމެ ފާހަގަ ކޮށްލެވޭ ގޮތުގައި ޕީރިއަޑް ތަދުގެ ހައްލެއްގެ އިތުރުން ބަރުދަން ލުއިކުރުމަށެވެ. މިއީ ބޯލަންވެސް އެހާ މީރު ސަޔެކެވެ.

"ހައިބިސްކަސް މަލާ ފަތަކީ ޕީރިއަޑް ދުވަސްކޮޅު ހަމަޖައްސައިދޭ އަދި އެދުވަސްކޮޅުދިމާވާ މައްސަލަތައް ހައްލު ކޮށްދޭ އެއްޗެކެވެ." ސައިންސްވެރިއެއް އަދި ހާދބަލިސްޓް ޕެޓްރިކް ކަބޫގޯ ވިދާޅުވިއެވެ. މި ބުއިމުން ޔުޓެރަސް އަށް ނުވަތަ ދަށްބަނޑަށް ލޭ ދައުރުވާން ފަސޭހަވެއެވެ. އާދައިގެ އަންހެނަކަށް މިއީ "ސުޕަރ ފުޑް" އަކަށް ވީނަމަވެސް މި ސަޔަކީ ބަނޑު ބޮޑު މީހުން ބޮއެގެން ވާނޭ އެއްޗެއް ނޫނެވެ. 

ވަސްވެސް އެހާމީރު މި ސަޔަކީ ޕީރިއަޑް ދުވަސް ވަރު މީހާގެ މޫޑު ރަނގަޅު ކޮށްދޭ، ޑިޕްރެޝަން އިން ސަލާމަތް ކޮށްދޭ އަދި ގިނައިން ކާހިތްވުން ނައްތުވާލަދޭ އެއްޗެކެވެ. ރޮސޭލާ އަކީ ވަރަށް ފަސޭހައިން ބުއިމަކަށް ހަދާލެވޭ އެއްޗެއްވެސް މެއެވެ. އަޅުގަނޑުމެންނަށް އެންމެ ކަމުދަނީ 2 ތަށި ރޮސޭލާ މާ، 8 ތަށި ފެނާ، ¼ ތަށި މާމުއި، ތެރެއަށް 3 ސަމްސާ ލުނބޯ ހުތް އަޅައިގެން ބުއިމެވެ. ފިނިކޮށްވެސް ހޫނުކޮށް ވެސް މި ސައި ބޮވޭނެއެވެ.

ރޮސޭލާ ގަހުގައި ގިނަ އަދަދެއްގެ "ޕޮލިފެނޮލިކް ކޮމްޕައުންޑްސް"، "ފްލޭވަނޮއިޑްސް" އަދި "ލިޕިޑް ސޮލިއުބަލް އެންޓިއޮކްސިޑެންޓްސް" ހުރެއެވެ. ރޮސޭލާގެ ސިއްހީ ފައިދާތައް އެހާގިނައީ މިމާއްދާތަކުގެ ސަބަބުން ނެވެ. އެގޮތުން "ޕޮލިފެނޮލް" އަކީ ކެންސަރުން ސަލާމަތް ކޮށްދޭ ބާރު ލިބިގެން ވާ ކެމިކަލް އެކެވެ. އެގޮތުން ހައިބިސްކަސް ދިޔައަކީ ބަނޑުގެ ކެންސަރް ސެލްސް 52 އިންސައްތައަށް ދަށްކޮށްދޭ އެއްޗެއްކަމަށް ޓެސްޓިއުބް ދިރާސާތަކުންދައްކައެވެ. ނަމަވެސް މިއީ ޓެސްޓް ޓިއުބެއްގައި ވަރަށް ބައިވަރު ހައިބިސްކަސް ދިޔަ ބޭނުންކޮށްގެން ހެދުނު ދިރާސާތަކެކެވެ. ވީމާ ހައިބިސްކަސް ކެންސަރަށް ފަރުވާދޭތޯ ބެލުމަށް މި ދިރާސާތަށް އިންސާނުންނަށް އަދި ކުރެވެން އޮތީ މުސްތަޤުބަލުގައެވެ.

ރޮސޭލާ ސަޔަކީ އެންމެނަށް އަދި ހާއްސަކޮށް އަންހެނުން ނަށް ބައިވަރު ސިއްހީ ފައިދާތަކެއް ހުރި އެއްޗެކެވެ. ޒާމާނުއްސުރެ ބަދަލެއް ނެތި ރާއްޖޭގައި ބޭނުންކުރެވެމުން އަންނަ ފަރުވާއެކެވެ. މިއީ ކޮންމެ މީހަކުވެސް ތަޖުރިބާކޮށްލަން މުހިންމު ބުއިމެކެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ