އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 20/04/2020

މާލެ ސަރަހައްދުގައި ވެކްސިން ދިނުން ވަގުތީ ގޮތުން މެދުކަޑާލައިފި

ވެކްސިން ދިނުން މެދުކަނޑާލައިފައިވަނީ މިވަގުތު އިއުލާނުކޮށްފައިވާ 14 ދުވަހުގެ ލޮކްޑައުން މުއްދަތުގެ ނިޔަލަށެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 20/04/2020

HPA
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މާލެ، ހުޅުމާލެ އަދި ވިލާމާލޭގައި ވެކްސިން ދިނުމުގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލެވިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއުލާނުކޮށްފިއެވެ.

މިކަމާ ގުޅިގެން އެޗްޕީއޭ އިން ނެރުނު އިއުލާނުގައި ބުނެފައިވަނީ މިގޮތަށް އަމަލުކުރަން ނިންމާފައިވަނީ މިދުވަސްވަރު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން މާލޭގައި ބަލިމީހުން ފެންނާތީ ކަަމަށެވެ. އަދި މިބަލި ހަލުވިކަމާއެކު ފެތުރޭ މިހާލަތުގައި ވެކްސިން ދޭ މަރުކަޒުތަކަށް ދިޔުމަށްވުރެ އާއްމުން ގޭގައި މަޑުކުރުން ރައްކާތެރިކަމަށް ބެލެވޭތީކަމަށް އެޗްޕީއޭ ބުނެފައިވެއެވެ.

ވެކްސިން ދިނުން މެދުކަނޑާލައިފައިވަނީ މިވަގުތު އިއުލާނުކޮށްފައިވާ 14 ދުވަހުގެ ލޮކްޑައުން މުއްދަތުގެ ނިޔަލަށެވެ.

ނަމަވެސް ލޮކްޑައުންގެ މުއްދަތު ނިމުމުން މިހާލަތު މިއަށްވުރެ ދިގުދެމިގެން ދާނަމަ މާލެ ސަރަހައްދުގައި ވެކްސިން ދިނުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގޮތް އިއުލާނުކުރާނެ ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ.

މިހާތަނަށް ރާއްޖޭއިން 67 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން 47 މީހުން ޕޮޒިޓިވް ވެފައިވަނީ މާލެ އިންނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ