ކޯވިޑް-19 ޕެންޑަމިކް އާއި ގުޅިގެން ހެލްތު މިނިސްޓްރީއިން އެކުލަވާލި ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީއަށް) ހެލްތު ޕްރޮފެޝަނަލްސް ބޭނުންވެގެން އިއުލާންކޮށްފި އެވެ.
އެޗްއީއޯސީއިން ސިއްހީ އެހީތެރިން ހޯދުމަށް އިއުލާންކޮށްފައި މިވަނީ ރާއްޖޭގައި މި ވައިރަސް ބާރު ސްޕީޑެއްގައި ފެތުރެމުންދާ ދުވަސްވަރެއްގަ އެވެ. އެގޮތުން ގްރޭޓާ މާލޭ އޭރިއާގެ އިތުރުން ރާއްޖޭގެ ގިނަ އަތޮޅުތަކަކުން ވެސް ވަނީ މި ވައިރަސް ފެނިފަ އެވެ.
އަލަށް އެ ސެންޓަރުން ކުރި އިއުލާންގައި ސިއްހީ އެހީތެރިން ބޭނުންވާ މަޤާމްތަކުގެ ގޮތުގައި ބުނެފައިވަނީ މެޑިކަލް އޮފިސަރ، ރެޖިސްޓަރޑް ނަރުހުން، އެންރޯލްޑް ނަރުހުންގެ އިތުރުން ހެލްތް ވޯކަރުންނެވެ.
އިތުރަށް ސިއްހީ އެހީތެރިން ހޯދުމުގެ މަޤްސަދަކީ ކޯވިޑް-19 އާއި ގުޅުގެން އެޗްއީއޯސީ އާއި އަދި ކޯވިޑްގެ ބަލިމީހުންނަށް ސިއްހީ ހިދުމަތް ދިނުންކަމަށް މި އިުލާންގައިވަނީ ބުނެފަ އެވެ.
އެހެންކަމުން ޝައުޤގުވެރިވާ ފަރާތްތަކުން 31 އޮގަސްޓްގެ ކުރިން، އެފަރާތެއްގެ ލައިސަންސް އަދި ރަޖިސްޓްރޭޝަން އާއެކު hr.heoc@health.gov.mv އަށް އީމެއިލް ކުރުމަށް އެ ސެންޓަރުގެ އިއުލާންގައި ވަނީ ބުނެފަ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)