މާލެއިން ކޯވިޑް-19ގެ 3 ކޭސް ފެނި ލޮކްޑައުންގައި އޮތް މިހާލަތުގައި ކޮންމެހެން ބޭނުންވާ ބޭސްތައް ގޭގެއަށް ޑެލިވަރީ ކޮށްދޭނެކަމަށް އެސްޓީއޯއިން ބުނެފި އެވެ.
އެސްޓީއޯއިން ބުނީ ބޭސް ސިޓީ، ބަލިމީހާގެ އައިޑީކާޑުގެ ފޮޓޯ އާއިއެކު ޑެލިވަރީ ކުރަންޖެހޭ އެޑްރެހާއި ގުޅޭނެ ފޯނު ނަންބަރ 7922035 ނަމްބަރަށް ފޮނުވުމުން ގެއާއި ހަމަޔަށް ބޭސް ޑެލިވަރީކޮށްދޭނެކަމަށް އެސްޓީއޯއިން ވަނީ ބުނެފަ އެވެ.
@StoMedical will coordinate with command centers to deliver urgently needed medicines to residences.
— STO Medical Services (@StoMedical) April 16, 2020
You may send us the prescription and a picture of patient ID to 7922035 with the delivery address and contact details to our Pharmacy. #EmmengeSTO @stoplc
އަދި ހުޅުމާލޭގައި އުޅޭ ފަރާތްތަކުން މިތަކެތި 7291120 އަށް ފޮނުވުން އެސްޓީއޯގެ ހުޅުމާލެ ފާމަސީއިން ޑެލިވެރ ކޮށްދޭނެ ވާހަކަވެސް އެސްޓީއޯ އިން ވަނީ އިއުލާނުކޮށްފައެވެ.
ރާއްޖެއިން މިހާތަނަށް ވަނީ 23 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެފައެވެ. އޭގެތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
މާލެއިން ކޯވިޑް-19 ފެނުމާއި ގުޅިގެން އާސަންދަ ކުންފުންޏާއި ސިއްހީ ހިދުމަތްދޭ ތަންތަނާއި ގުޅިގެން އޮންލައިން ފްލޫ ކްލިނިކްތަކެއް ހުޅުވާފަ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)