އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ފާތިމަތު އުލާ ޝާއިޢު ކުރީ 15/03/2020

އަތް ދޮންނަ ވަރަކަށް އަތަށް ދޭ ފަރުވާތެރިކަން އިތުރު ކުރަންތަ؟

ގިނަ ގިނައިން އަތް ދޮވުމުން އަތް ހިކުން ފަދަ ކަންތައްތައް ދިމާވުން އެކަށީގެންވެއެވެ. އެހެންކަމުން އެކަންކަމަށް ސަމާލުވުން މުހިންމެވެ.
Fathimath Ula Avatar
ފާތިމަތު އުލާ

ޝާއިޢު ކުރީ: 15/03/2020

Hand hygiene
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ދުނިޔޭގެ އެކި ހިސާބުތަކުގައި ކޮރޯނާވައިރަސް ފެތުރެމުންދާއިރު، މި ވައިރަސްއިން ސަލާމަތްވުމަށް އަދި އަމިއްލަ ސިއްހަތު ރައްކާތެރި ކުރުމުގެ ގޮތުން އަތް ދޮވުމަށް ސިއްހީ މާހިރުން އިލްތިމާސް ކޮށްފައިވެއެވެ. 

މި ވައިރަސްއިން ސަލާމަތްވުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި ސައިބޯނި ލައިގެން މަދުވެގެން 20 ސިކުންތު ވަންދެން އަތްދޮވުމަށާއި، ސެނިޓައިޒާ ބޭނުން ކުރުމަށް އެމެރިކާގެ ސީޑީސީއިން ދީފައިވާ އިރުޝާދުގައި ބުނެފައިވެއެވެ.

މިކަމަކީ ބަލިތަކުން ސަލާމަތްވުމަށް ފައިދާހުރި ކަމަކަށްވީނަމަވެސް ގިނަގިނައިން އަތް ދޮވުމުން ހަންގަނޑު ހިކުންފަދަ ކަންކަން ދިމާވާނެކަމަށް ހަމުގެ ޑޮކްޓަރުން ބުނެފައިވެއެވެ. ކޮރޯނާވައިރަސްގެ ސަބަބުން މީހުން ސާފުތަހިރުވުމުގެ ގޮތުން ކުރަމުން އަންނަ ކަންކަން އަންނަނީ ބަދަލު ވަމުންނެވެ. 

އަތް ދޮންނަ ކޮންމެ ފަހަރަކު މަދު ވެގެން 20 ސިކުންތު ވަންދެން އަތްދޮންނަން ޖެހޭއިރު ފިނި މޫސުމުގައި އަތް ދޮވުމުން ހަންގަނޑު ހިކޭނެއެވެ. އަތް ދޮންނަ ކޮންމެ ފަހަރަކު އަތުގައިވާ ހަޑިއެއްޗެހި އަދި ޖަރާސީމު ފިލިނަމަވެސް، އަތް ދޮވުމުން ހަންގަނޑުގައި ގުދުރަތީގޮތުން އުފެދޭ ތެޔޮތައް ހިއްކާލައެވެ. ހަންގަނޑު ކުރަކިވެ ފަޅައިގެން ދިއުމުން ހަންގަނޑުގެ އިންފެކްޝަންސް އުފެދުމުގެ ފުރުސަތު ބޮޑުވެއެވެ. 

ހަމުގެ ޑޮކްޓަރެއްކަމަށްވާ ޑރ. ޖަސްޓިން ކޯ ބުނެފައިވަނީ ކޮންމެ ފަހަރަކު އަތް ނުދޮވެ ދޮރުގެ ތަޅުފަދަ ތަންތަނުގައި އަތްލުމަށްފަހު ސެނިޓައިޒާ ބޭނުންކުރުމަށެވެ. ސެނިޓައިޒާއަކީވެސް މާ ގިނައިން ބޭނުންކުރުމުން ހަންގަނޑު ހިއްކާލާ އެއްޗެކެވެ. 

އެގޮތުން ހަންގަނޑު ހިކޭނަމަ ރަނގަޅު ކްރީމްއެއް ހޯދާށެވެ. ކޮންމެ ދުވަހަކު އަތް ދޮވުމަށްފަހު މޮއިސްޗަރައިޒް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ކްރީމް އެއް ހޯދާއިރު "ވިޓަމިން އީ" އަދި "ސެރަމައިޑްސް" އެކުލެވޭ ކްރީމް އެއް ހޯދާށެވެ. 

ސެރަމައިޑްސްއަކީ ހަންގަޑު މޮއިސްޗަރައިޒް ކޮށްދީ އިތުރަށް ހަންގަނޑު ހިކުނަ ނުދިމަށް މަސައްކަތް ކުރާ މާއްދާއެކެވެ. 

ރަނގަޅު ކްރީމްއެއްގެ އިތުރުން ހަންގަނޑަށް އުނދަގޫ ނުވާފަދަ ރަނގަޅު ސައިބޯންޏެއްވެސް މުހިންމުވާނެއެވެ. ހަންގަނޑު މޮއިސްޗަރައިޒް ކޮށްދޭފަދަ ސައިބޯނި ހޯދާށެވެ. މީގެން ހަންގަނޑު ސާފު ކޮށްދިނުމުގެ އިތުރުން ހަންގަނޑު ހިކުމުން ސަލާމަތް ކޮށްދޭނެއެވެ.

ހަންގަނޑު މޮއިސްޗަރައިޒް ކޮށްދޭ ސައިބޯނި ފަދައިން ހަންގަނޑު މޮއިސްޗަރައިޒް ކޮށްދޭ ސެނިޓައިޒާ ވެސް ހުރެއެވެ. އެހެންކަމުން ސެނިޓައިޒާ ގަންނަ އިރު މޮއިސްޗަރައިޒާ އެކުލެވޭ ސެނިޓައިޒާއެއް ގަންނަން ހަނދާންކުރަންވާނެއެވެ. 

އެހެންކަމުން ސައިބޯނި އަދި ސެނިޓައިޒާ ފަދަ ތަކެތި ގަންނައިރުވެސް ހަންގަނޑަށް ރަނގަޅު އެއްޗެއް ގަތުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެންނޫންނަމަ ހަންގަނޑު ހިކި، ފަޅައިގެންގޮސް އިންފެކްޓްވުމުގެ ފުރުސަތު ބޮޑުވާނެއެވެ.

ގިނައިން އަތްދޮންނަން ޖެހުމަކީ މިހާރު ފެތުރެމުންދާ ވައިރަސްއިން ސަލާމަތްވުމަށް ކުރަންޖެހޭ ކަމެކެވެ. ގުދުރަތީގޮތުން ހަންގަނޑު ހިކި މީހެއްކަމުގައި ވިނަމަވެސް އަތް ދޮވުމަކީ ވަރަށް މުހިންމު ކަމެކެވެ. 

އެހެންކަމުން އަތް ދޮވުމަށް ސައިބޯނި ނުވަތަ މޮއިސްޗަރައިޒާ އެކުލެވޭ ސައިބޯނި ބޭނުންކުރުމަށާއި، ހަންގަނޑު ހިކޭނަމަ ގިނައިން މޮއިސްޗަރައިޒްކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. 

މޮއިސްޗަރައިޒް ކުރުމުން ހަންގަނޑުގައި ހަލާކުވެފަ ހުންނަ ތަންތަން އަވަހަށް ރަނގަޅު ކޮށްދިނުމަށް އެހީތެރިވުމާއެކު ހަންގަނޑުގެ ބަލިތަކުން ވެސް ސަލާމަތްކޮށްދެއެވެ. އެހެންކަމުން ކޮންމެ ދުވަހަކު ހަންގަނޑު މޮއިސްޗަރައިޒް ކުރުމަށް ހަނދާންކުރަންވާނެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ