އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ފާތިމަތު އުލާ ޝާއިޢު ކުރީ 10/03/2020

އަތްދޮންނަން ޖެހޭނީ ކޮންކޮން ހާލަތްތަކެއްގަ؟

ގިނަ ބަލިތައް ޖެހުމުގެ އިތުރުން މި ބަލިތައް ފެތުރެނީ ސާފުތާހިރުކަމަށް އިސްކަމެއް ނުދެވުމުގެ ސަބަބުންނެވެ.
Fathimath Ula Avatar
ފާތިމަތު އުލާ

ޝާއިޢު ކުރީ: 10/03/2020

Hand hygiene
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ގިނަ ބަލިތަކެއް ފެތުރެމުންދާއިރު އަމިއްލަ ސިއްހަތު ސަލާމަތުން ބެހެއްޓުމަށް ކުރެވޭނެ ކަންތައްތަކެއްވެއެވެ. އެގޮތުން ގިނަގިނައިން އަތް ދޮވުމަކީ އަމިއްލަ މީހާ ބަލިވުމުން އަދި އެހެން މީހުންގަޔަށް ބަލި ފެތުރުމުން ސަލާމަތް ކޮށްދޭ ކަމެކެވެ. 

ގިނަ ބަލިތައް ޖެހުމުގެ އިތުރުން މި ބަލިތައް ފެތުރެނީ ސާފުތާހިރުކަމަށް އިސްކަމެއް ނުދެވުމުގެ ސަބަބުންނެވެ. ވަކި ގޮތަކަށް އަތް ދޮވުމުން މި ބަލި ތަކުން ސަލާމަތްވެ އެހެން މީހުން ބަލި ވުމުން ވެސް ސަލާމަތްކޮށްދޭ ކަމަށް އެމެރިކާގެ ސީޑީސީއިން ބުނެފައިވެއެވެ. ސެނިޓައިޒާއަކީ ވެސް ހަމަ މި ފަދައިން ބަލިތަކުން ސަލާމަތް ވުމުގެ ގޮތުން ބޭނުންކުރާ އެއްޗެކެވެ. 

އަތް ދޮވުމަށް ސަމާލުކަމެއް ދޭން ޖެހޭ ހާލަތްތަކެއް ވެއެވެ. މީގެން ބައެއް ކަންކަމަކީ އާންމު ދިރިއުޅުމުގައި އެކި ކަންކަން ކުރުމުށްފަހު އަތް ދޮވެވޭ ހާލަތްތަކެވެ. އެގޮތުން:

· ކެއްކުމުގެ ކުރިން އަދި ފަހުން 

· ކެއުމުގެ ކުރިން 

· ގޭގައި އުޅޭ ބަލި މީހަކަށް އަޅާލުމުގެ ކުރިން އަދި ފަހުން 

· ހަލާކުވެފައިވާ ތަނެއްގައި ބޭސް އެޅުމުގެ ކުރިން އަދި ފަހުން 

· ފާހަނަ ބޭނުން ކުރުމަށްފަހު 

· ކެއްސާ ކިނބިހި އެޅުމަށްފަހު 

· ޖަނަވާރަކަށް ކާން ދިނުމަށްފަހު ނުވަތަ ޖަނަވާރެއް ގައިގާ އަތްލުމަށްފަހު 

· ޑަސްބިންގައި އަތްލުމަށްފަހު 

· ކުޑަ ކުއްޖެއްގެ ނެޕީ ބަދަލު ކުރުމަށް ފަހު 

މިއީ އާންމު ދިރިއުޅުމުގެ ތެރޭގައި އަޅުގަނޑުމެން ގިނަފަހަރަށް އަތް ދޮންނަން ހަނދާން ހުންނަ ހާލަތް ތަކެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ހަނދާނުން ކައްސާލާ ހާލަތްތަކެއްވެސް އާދެއެވެ. 

އެގޮތުން ގިނަ މީހުން ވަދެނުކުމެ ހަދާތަންތަނުގެ ތެރެއިން ފިހާރަތަކުގައި ބޭނުންކުރަމުންދާ ބާސްކެޓްގައި އަތްލުމަށް ފަހު އަތް ދޮވުމެވެ. މިފަދަ ބާސްކެޓަކީ އެންމެ ޖަރާސީމު ގިނަ އެކައްޗެވެ. އެހެންކަމުން ފިހާރައިން ނުކުތުމަށްފަހު އަތް ދޮންނަން ހަނދާން ކުރަންވާނެއެވެ. 

މީގެއިތުރުން އޭޓިއެމް ބޭނުން ކުރުމަށްފަހު، އަދި މަތިންދާބޯޓުން ފޭބުމަށްފަހު، އެކަކު އަނެކަކާ ސަލާން ކުރުމަށްފަހު، އެހެން މީހެއްގެ ފޯނު ބޭނުންކުރުމަށްފަހު، އަދި ޕަބްލިކް ޓްރާންސްޕޮޓޭޝަން ބޭނުން ކުރުމަށްފަހު އަތް ދޮވުމަށް ނުވަތަ ސެނިޓައިޒާ ބޭނުން ކުރުމަށް ހަނދާން ކުރަންވާނެއެވެ. މި ކަންކަމުގެ އިތުރުން އަދި ވެސް އިތުރު ހާލަތްތައް ވެއެވެ.

މީހުންގައިގާ އަތްލުމުން ނުވަތަ އާންމު ދިރިއުޅުމުގައި އެކި އެއްޗެހީގައި އަދި ތަންތަނުގައި އަތް ލެވުމުން އަތުގައި ޖަރާސީމު ހުންނާނެއެވެ. އަތުގައި ޖަރާސީމު ހުއްޓާ މޫނުގައި، ނޭފަތުގައި އަދި ލޮލުގައި އަތްލެވިއްޖެ ނަމަ ބަލި ވުމުގެ ފުރުސަތު ވެއެވެ. އަދި އަތުގައި ޖަރާސީމު ހުރުމުން އެހެން މީހުންގަޔަށް އެ ޖަރާސީމު ދިއުމުގެ ފުރުސަތު ވާނެއެވެ.

އަތްދޮވުނު ކަމުގައި ވިނަމަވެސް، އަތުގައި ކޮންމެސްވަރަކަށް ޖަރާސީމު ހުންނާނެއެވެ. އެހެންކަމުން ގިނަ ގިނައިން އަތް ދޮވުމުން ވައިރަސް އަދި ބެކްޓީރިއާ އަތުގައި ހުރުން މަދުވާނެއެވެ.

އަތް ދޮވުމުގައި ވިސްނަންޖެހޭ ކަންކަން:

އަތް ދޮވުމަށް އާދައިގެ ސައިބޯންޏަށްވުރެ އެންޓިބެކްޓީރިއަލް ސައިބޯނި ރަނގަޅުވާނެއެވެ. އެގޮތުން ފިނި ނުވަތަ ތާފަނާ ފެނުން ސައިބޯނި ލައިގެން 20 ސިކުންތުވަންދެން އަތް ދޮންނާށެވެ. އަތުގެ ފަހަތާއި ނިޔަފަތިތައްވެސް ރަނގަޅަށް އުނގުޅާށެވެ. އަތް ދޮވުމަށްފަހު ރީތި ތުވާއްޔަކުން ނުވަތަ ފޮތިކޮޅަކުން އަތް ފޮހެލާށެވެ. ސައިބޯނިން އަތް ނުދޮވެވޭނެ ހާލަތްތަކުގައި ސެނިޓައިޒާ ފުޅިއެއް ގެންގުޅޭށެވެ. އަދި މި ޖެލް ހިކެންދެން މުޅިއަތުގައި އުނގުޅާށެވެ.

އަތްދޮވުން ކުޑަކުދިންނާއި ބޮޑެތި މީހުން އާދައަކަށް ހެދުމަކީ ވަރަށް ފައިދާ ހުރި ކަމެއް

އަތްދޮވުމަކީ ބަލިތަކުން މީހާ ސަލާމަތްކޮށްދިނުމުގައި ވަރަށް ބޮޑު ބައެއް އަދާކުރާ ކަމެކެވެ. މިކަން ކުޑަކުދިންނާއި ބޮޑެތި މީހުން އާދައަކަށް ހެދުމަކީ ވަރަށް ފައިދާ ހުރި ކަމަކަށް ވާނެއެވެ. އަދި މީހާގެ ސިއްހަތު ސަލާމަތުން ބެހެއްޓުމަށް ވަރަށް މުހިންމު ކަމަކަށް ވާނެއެވެ. 

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ