އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 19/02/2020

އަރިދަފުސް ރޯގާ އިތުރުވެއްޖެ! ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އަޅާ - އެޗްޕީއޭ

މިއަހަރުގެ ޖެނުއަރީ މަހު ރޯގާ ޖހިގެން ޖުމްލަ 21،248 ކޭސްއެއް ވަނީ ރިޕޯޓުކޮށްފައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 19/02/2020

HPA
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ވޭތުވެދިޔަ އަހަރުތަކުގެ މި ދުވަސްވަރާއި އަޅާބަލާއިރު، މިއަހަރު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ބުނެފި އެވެ. 

އެޗްޕީއޭއިން މިއަދު ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކުގެ ހާލަތު ހާމަކުރުމަށްޓަކައި ނެރުނު ރިޕޯޓުގައި ވާގޮތުން މިއަހަރުގެ ޖެނުއަރީ މަހު ރޯގާ ޖހިގެން ޖުމްލަ 21،248 ކޭސްއެއް ވަނީ ރިޕޯޓުކޮށްފައެވެ. މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ރިޕޯޓުކޮށްފައިވަނީ 18،969 ކޭސް އެކެވެ.

ރޯގާގެ އިތުރުން އެހެން އަހަރުތަކާއި އަޅާބަލާއިރު މިއަހަރުގެ މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުންވެސް އިތުރުވެފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ. 

އެޗްޕީއޭއިން ވަނީ މި ދުވަސްވަރު އަރިދަފުސް ރޯގާ އާއި ބޭރަށް ހިންގުން އިތުރުވަމުންދާތީވެ، ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.

އަަރިދަފުސް ރޯގާއިން ރައްކާތެރިވުމަށް އެޅުން މުހިއްމު ފިޔަވަޅުތައް:

  • ކެއްސާ، ކިބިހި އަޅާއިރު އަގަމަތީގައާއި ނޭފަތުގައި ކުޑަ ރުމާލެއް ނުވަތަ ޓިޝޫއެއް ފަދަ އެއްޗެއް އެޅުން، އަދި ބޭނުންކޮށްފައިވާ ޓިޝޫފަދަ ތަކެތި ހާމައަށް އެއްލާނުލުން
  • އާއްމު ސާފުތާހިރުކަމަށް، ޚާއްސަކޮށް ސައިބޯނިލައިގެން އަތްދޮވުންފަދަ ކަންކަމަށް ސަމާލުކަންދިނުން
  • ރޯގާޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން، ޚާއްސަކޮށް މިފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން
  • ރޯގާޖެހިފައިވާނަމަ ކުޑަކުދިންނާ ދުރުހެލިވެ އުޅުން
  • ދުންފަތުގެ ދުމުން ކުޑަކުދިން ރައްކާތެރިކުރުމަށް ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުން
  • ބަލި ޖެހުމުން، ނުރައްކާ ވުމުގެ ފުރުސަތު ބޮޑު މީހުން އިންފުލެއެންޒާއިން ރައްކާތެރިވުމަށް ވެކްސިންޖެހުން މުހިންމެވެ. އަދި މިފަރާތްތައް ރޯގާ ޖެހި ހުން އަންނަނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިއްމެވެ.
  • ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު ބަލިމީހާ އާ އެކު ވީހާވެސް މަދުމީހުން ހޮސްޕިޓަލަށް ދިއުން، އަދި ބަލިމީހުންނަށް ޒިޔާރަތް ކުރުމަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑުމީހުން ނިދުއުމާއި ކޮންމެހެން ހޮސްޕިޓަލަށް ދާންނުޖެހޭ ހާލަތްތަކުގައި މެނުވީ ހޮސްޕިޓަލަށް ނުދިއުން

ޗައިނާއާއި ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސްގެ ސަބަބުން ރާއްޖެއިން ވެސް ވަނީ ޓްރެވަލް އެޑްވައިޒަރީއެއް ނެރެ، ސިއްހީ ފިޔަވަޅުތައް ވަރުގަދަކޮށްފަ  އެވެ. ހާއްސަކޮށް ގިނަގިނައިން އަތްދޮވުމަށާއި ބަލިވެ އުޅޭނަމަ މާސްކް ބޭނުންކުރުމަށް ސިއްހީ ފަރާތްތަކުން އިރުޝާދު ދެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ