އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 20/01/2020

ޗައިނާގައި ފެތުރެމުންދާ "ނޮވެލް ކޮރޮނާ ވައިރަސް" އަށް ސަމާލުވުމަށް އެޗްޕީއޭއިން ގޮވާލައިފި

"ނޮވެލް ކޮރޮނާ ވައިރަސް" އަކީ ކޮރޯނާ ވައިރަސް އާއިލާއިން އަލަށް ފެނުނު ވައިރަސް އެކެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 20/01/2020

China HPA Novel Coronavirus Corona Virus
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ޗައިނާގެ ހޫވޭ ޕްރޮވިންސްގެ ވުހާން ސިޓީގައި ފެތުރެމުންދާ "ނޮވެލް ކޮރޯނާ ވައިރެސް" އާއި މެދު ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ގޮވާލައްވައިފިއެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ލަފާދެއްވައިފައިވާ ގޮތުގެ މަތީން ރާއްޖެއަށްވެސް މި ބަލި އައުމުގެ ފުރުޞަތު އޮތްކަމަށްޓަކައި ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަމުން ގެންދާކަމެވެ.

"ނޮވެލް ކޮރޮނާ ވައިރަސް" އަކީ ކޮރޯނާ ވައިރަސް އާއިލާއިން އަލަށް ފެނުނު ވައިރަސް އެކެވެ. މިވައިރަސް އަކީ ނޭވާލާ ނިޒާމަށް އަސަރުކުރުވާ ބައްޔެކެވެ. އެގޮތުން 20 ޖެނުއަރީ އާ ހަމައަށް ޗައިނާގައި 142 މީހުންގެ ގައިން މިވައިރަސް ދެނެގަނެވިފައިވާ އިރު 2 މީހުން މިބަލީގެ ސަބަބުން މަރުވެފައިވާ ކަމަށް އެޗްޕީއޭ އިން މިބަޔާނުގައި ބުނެފައިވެއެވެ.

އެޗްޕީއޭ އިން އިތުރަށް ބުނީ ބަލިވި ގިނަ މީހުންނަކީ ސީފުޑްއާއި ޖަނަވާރު ވިއްކާ މާރުކޭޓެއްގައި މަސައްކަތް ކުރަމުންދިޔަ މީހުން އަދި އެ ތަންތަނަށް ޒިޔާރަތްކުރި މީހުންކަމަށެވެ. އެހެންކަމުން ޗައިނާގެ ކަމާބެހޭ ފަރާތްތަކުން މި ވައިރަސް އަރަނީ ސީފުޑް އަދި ޖަނާވާރުންކަމަށް ލަފާކުރައްވާ އެ ފަދަ މާރުކޭޓުތައް 1 ޖެނުއަރީ އިން ފެށިގެން ވަނީ ބަންދުކޮށްފައެވެ.

މިހާތަނަށް އިންސާނުންގެ ތެރެއިން އެކަކު ގައިން އަނެކަކު ގަޔަށް މަބަލި ފެތުރެމުން ނުދާ ކަމަށް ޗައިނާގެ ސިއްހީ އިދާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ. ޗައިނާގެ އިތުރުން ތައިލެންޑްއިން މި ބަލީގެ 2 މީހުން އަދި ޖަޕާނުން މި ބަލީގެ 1 އަކު ފެނިފައިވެއެވެ.

މިބަލިން ރައްކާތެރިވުމަށްޓަކައި ޗައިނާއަށް ދަތުރުކުރާ ފަރާތްތަކުން އަންނަނިވި ކަންކަމަށް ސަމާލުވުމަށް އެޗްޕީއޭގެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ؛

  • ދޫނިސޫފާ ސޫފި އަދި ޖަނަވާރު ގެންގުޅެ، ވިއްކާ އަދި ކަތިލާ ތަންތަނަށް ނުދިއުން
  • ބަލިމީހުންނާއި ކައިރީގައި ނޫޅުން
  • ގިނަ ގިނައިން ސައިބޯނި ލައިގެން އަތް ދޮވުން
  • ކެއްސާ ކިނބިހި އަޅާއިރު ޓިޝޫއަކުން ރަނގަޅަށް އަނގައާއި ނޭފަތް ނުވާކުރުން
  • އަވަހަށް ސިއްހީ ފަރުވާ ހޯދުން
  • ސިއްހީ ހިދުމަތްދޭ ފަރާތަށާއި ބޭނުންވާހިނދު ކަމާބެހޭ އެހެނިހެން ފަރާތްތަކަށް ވޭތުވިޔަ 14 ދުވަހުގެ ތެރޭގައި ދަތުރުކޮށްފައިވާ ޤައުމުތަކާއި ޓްރާންސިޓް ކޮށްފައިވާ ތަންތަން ހިމެނޭގޮތަށް ދަތުރުކުރި ތަންތަނުގެ މައުލޫމާތު ދިނުން
  • ކެއްސާ ކިނބިހި އަޅާއިރު ޓިޝޫއަކުން ރަނގަޅަށް އަނގައާއި ނޭފަތް ނިވާކުރުން އަދި ބޭނުންކުރާ ޓިޝޫފަދަ ތަކެތި ރައްކާތެރިގޮތުގައި ނައްތާލުމަށްފަހު ސައިބޯނި ލައިގެން އަތް ދޮވުން
އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ