އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 19/01/2020

ހިމަބިހި ސްކްރީން ކުރުމަށް ހާއްސަ މަރުކަޒެއް ހުޅުމާލޭގައި ޤާއިމްކޮށްފި

މަރުކަޒު ހުޅުވިފައި ހުންނަ ގަޑިތަކަކީ ކޮންމެ ދުވަހަކުވެސް ހެނދުނު 08:00 އިން ރޭގަނޑު 10:00 އަށް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 19/01/2020

HPA Measles
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖޭގައި ނުރައްކާތެރި ހިމަބިހި ވައިރަސް ފެތުރެމުންދާތީވެ، ފަސޭހަކަމާއެކު ހިމަބިއްސަށް ސްކްރީން ކުރެވޭގޮތް ހެދުމަށް އެކަމަށް ހާއްސަ ސެންޓަރެއް ހުޅުމާލޭގައި ޤާއިމްކޮށްފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވާ ގޮތުގައި ހިމަބހި ސްކްރީން ކުރުމަށް ހާއްސަކޮސް ޤާއިމްކުރި މި މަރުކަޒު ހުންނާނީ އޯޓިޒަމް ސެންޓަރުގެ އުތުރުން ހުންނަ ޕްރީސްކޫލް އިމާރާތުގަ އެވެ. އަދި މަރުކަޒުގެ ބޭނުމަކީ ހިމަބިއްސަށް ޝައްކުކުރެވޭ ފަރާތްތައް ސްކްރީން ކުރުން ކަމަށްވެސް ވަނީ ބުނެފަ އެވެ.

މަރުކަޒު ހުޅުވިފައި ހުންނަ ގަޑިތަކަކީ ކޮންމެ ދުވަހަކުވެސް ހެނދުނު 08:00 އިން ރޭގަނޑު 10:00 އަށް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. އަދި މަރުކަޒަކީ ހިމަބިއްސަށް ޝައްކުކުރެވޭ ފަރާތްތައް ސްކްރީން ކުރުމަށް ހާއްސަކޮށް ޤާއިމްކުރި މަރުކަޒެއް ކަމުން އެތަނަށް ހިދުމަތް ހޯދުމަށް ޒިޔާރަތް ކުރާނީ ހުން އައުމާއެކު ގައިން ބިހިތައް ނަގާފައި ހުންނަ ފަރާތްތަކުންނެވެ.

އެޗްޕީއޭއިން ވަނީ މަރުކަޒުން ހިދުމަތް ލިބިގަންނަން އަންނަ މީހުން އެމީހެއްގެ ވެކްސިން ކާޑު ނުވަތަ ވެކްސިން ޖަހާފައިވާ ކަމުގެ ލިޔުމަކާއި، އައިޑީ ކާޑު އަދި ބިދޭސީ ޕާސްޕޯޓު ނުވަތަ ވިސާ ކާޑު ގެނައުމަށް އެދިފައެވެ. 

ރާއްޖޭގައި ހިމަބިހި ފެތުރެން ފަށާފައިވާއިރު މިހާތަނަށް ވަނީ ހިމަބިހީގެ ހަތަރު ކޭސްއެއް ރާއްޖެއިން ފެނިފަ އެވެ. އަދި މިއާއެކު ސިއްހީ އިދާރާތަކުން ގެންދަނީ ބަލިން ރައްކާތެރިވުމަށް ހިމަބިހި ވެކްސިންގެ ދެ ޑޯޒު ހަމަނުވާ ފަރާތްތަކުން ދުރާލާ ދެ ޑޯޒު ހަމަކުރުމަށް އިލްތިމާސް ކުރަމުންނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ