އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 15/01/2020

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ހިދުމަތްދޭން ފަށައިފި

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ދެމުން ގެންދިޔަ 11 ހިދުމަތަކަށް މިއަދުން ފެށިގެން ޑޮކްޓަރުން ބައްލަވަމުން ގެންދަވާނީ އިކުއެޓޯރިއަލް ހޮސްޕިޓަލުން ކަމަށެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 15/01/2020

Hithadhoo Regional Hospital Addu Equatorial Hospital
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އައްޑޫގައި އަލަށް ޓާޝަރީ ފެންވަރަށް ތަރައްޤީކޮށްފައިވާ، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އެޗް.އީ.އެޗް) އިން މިއަދު ބައެއް ހިދުމަތްތައް ދޭން ފަށައިފި އެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ހޮސްޕިޓަލުގައި ދެމުން ގެންދިޔަ 11 ހިދުމަތަކަށް މިއަދުން ފެށިގެން ޑޮކްޓަރުން ބައްލަވަމުން ގެންދަވާނީ އިކުއެޓޯރިއަލް ހޮސްޕިޓަލުން ކަމަށެވެ. 

އާ ހޮސްޕިޓަލް ހެދުމުން އުވާލުމަށް ނިންމާފައިވާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ކުރި މި އިއުލާނުގައި ބުނެފައިވާ ހިދުމަތްތަކުގެ ތެރޭގައި ހިމެނެނީ އާއްމު ބަލިތައް، ދަތުގެ ބަލިތައް، ސްކޭން، ކުޑަކުދިންގެ ބަލިތައް، އޮޕަރޭޝަންސް، ކަރުންމަތީގެ ބަލިތައް، ކަށީގެ ބަލިތައް، ނަފުސާނީ ބަލިތައް، އަންހެނުންގެ ބަލިތައް، ހަމުގެ ބަލިތައް އަދި ހިތުގެ ބަލިތަކެވެ.

މި ހިދުމަތްތައް އައު ހޮސްޕިޓަލަށް ބަދަލުކުރި ނަމަވެސް ލޮލުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނާއި، އެތެރެހަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން އަދިވެސް ބައްލަވަމުންގެންދަވާނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގަ އެވެ. ހަމައެހެންމެ އަވަސްފަރުވާ އަށް ބޭނުންވާ ފަރާތްތަކަށްވެސް އެ ހޮސްޕިޓަލުގެ އެމަޖެންސީ ރޫމުން 24 ގަޑިއިރު ހިދުމަތް ލިބެން ހުންނާނެކަމަށް ހޮސްޕިޓަލުން ބުނެ އެވެ.

އެޗްއާރުއެޗްގައި އާންމުބަލިތަކަށް ފަރުވާދެމުންގެންދާނީ ހެނދުނު 8:00 އިން ހަވީރު 16:00 އަށެވެ. ހަވީރު 16:00 އިން ފެށިގެން ރޭގަނޑު 10:00 އަށް އާންމުބަލިތަކަށް ފަރުވާދެމުން ގެންދާނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުންނެވެ.

100 އެނދުގެ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ބައެއް ހިދުމަތްތަކަށް ހުޅުވާލި ނަމަވެސް، އެތަނުގައި ކުރަންޖެހޭ މަސައްކަތްތައް އަދިވެސް އެއްކޮށް ނުނިމޭތީ، ބައެއް މަސައްކަތް އަންނަނީ ކުރަމުންނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ