އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 10/11/2020

އޭއީއެޗްގައި ފުރަތަމަ ފަހަރަށް ކަކުލުހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަނެއް ކާމިޔާބު ކަމާއެކު ކޮށްފި

އޭއީއެޗްގައި ކަކުލުހުޅު ބަދަލުކޮށްފައި ވަނީ އުމުރުން 68 އަދި 71 އަހަރުގެ ދެ މީހުންގެ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 10/11/2020

Addu Equatorial Hospital
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގައި ފުރަތަމަ ފަހަރަށް ކަކަލުހުޅު ބަދަލުކުރުން (ނީ ރިޕްލޭސްމަންޓް) ސާޖަރީއެއް ކޮށްފި އެވެ. 

ކާމިޔާބުކަމާއެކު ކަކުލުހުޅު ބަދަލުކުރުމުގެެ އޮޕަރޭޝަން ކޮށްފައިވަނީ ކަށީގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ، ޑރ. ގުސްތާވޯ، ޑރ. ހަޒެމް އަދި ޑރ. މުންޝިދުގެ ޓީމުންނެވެ. 

އޭއީއެޗްގެ މި ކާމިޔަަބީ ފާހަގަކޮށް އެ ހޮސްޕިޓަލުން ކޮށްފައިވާ ޓްވީޓްގައި ވާގޮތުން މި އޮޕަރޭޝަން ކުރުމުގައި އައިޖީއެމްއެޗްގެ އިސް ބައެއް ނަރުހުން ވެސް ވަނީ ހަރަކާތްތެރިވެފަ އެވެ.

އޭއީއެޗްގައި ކަކުލުހުޅު ބަދަލުކޮށްފައި ވަނީ އުމުރުން 68 އަދި 71 އަހަރުގެ ދެ މީހުންގެ އެވެ. އަދި މި ދެމީހުންގެ ހާލުވެސް ރަނގަޅުކަމަށް އޭއީއެޗުން ބުނެއެވެ. 

އަދި އަލަށް މި ކުރި ކަކަލުހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން އާއެކު، މިއަދުން ފެށިގެން އެ ހޮސްޕިޓަލުން މިފަދަ އޮޕަރޭޝަން ކުރެވޭނެކަމަށްވެސް ވަނީ ބުނެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ