އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 14/01/2020

އަނެއްކާވެސް އިތުރު މީހަކު ހިމަބިއްސަށް ޕޮސިޓިވް ވެއްޖެ

އެޗްޕީއޭއިން ބުނިގޮތުގައި ހިމަބިއްސަށް މިއަދު ޖުމްލަ 10 މީހެއްވަނީ ޓެސްޓްކުރެވިފަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 14/01/2020

HPA Ministry of Health Measles
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިއަދު ހިމަބިއްސަށް އިތުރު މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އިތުރު މީހަކު ހިމަބިއްސަށް ޕޮޒިޓިވްވުމާއެކު، މިހާރު ރާއްޖެއިން ހިމަބިހީގެ ކޭސް ފެނުނު އަދަދު މިވަނީ ތިނަކަށް އަރާފައެވެ. އޭގެތެރޭގައި 3 އަހަރުގެ ކުޑަކުއްޖަކާއި އަދި 30 އަހަރުގެ މީހެއްވެސް ހިމެނެއެވެ. 

އެޗްޕީއޭއިން ބުނިގޮތުގައި ހިމަބިއްސަށް މިއަދު ޖުމްލަ 10 މީހެއްވަނީ ޓެސްޓްކުރެވިފަ އެވެ. އަދި މީގެތެރެއިން އެކަކު ހިމަބިއްސަށް ޕޮޒިޓިވްވެފައިވާއިރު، އެމީހާގެ މައުލޫމާތެއް އެއްވެސް ސިއްހީ އިދާރާއަކުން މިހާތަނަށް އަދި ހާމަކޮށްފައެއް ނުވެއެވެ.

ހެލްތް މިނިސްޓްރީން މިކަމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ ސަރުކާރުން ވަރަށް ސީރިއަސްކޮށް މިކަންތައް ބަލަމުން ގެންދާ ކަމެވެ. އަދި 200،000 މީހުންނަށް ވެކްސިން ޖެހޭވަރަށް ރާއްޖެއަށް ވެކްސިން ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ވާހަކަ ވިދާޅުވިއެވެ. މިވެކްސިންތައް ރާއްޖެއަށް އަންނަން 10 ވަރަކަށް ދުވަސް ނަގާނެއެވެ.

ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ހުން އައުން، ހަމުގައި ކުދި ބިހިތަކެއް ނެގުން، ކެއްސާ ކަރުގައި ރިއްސުން، ރޯގާ ޖެހުމުގެ އިތުރުން ކޮންޖަކްޓިވައިޓިސް އެވެ.

ހިމަބހީގެ ދެ ޑޯޒް ހަމަނުވާ ފަރާތްތަކުން ވިހާވެސް އަވަހަކަށް ދެ ޑޯޒް ހަމަކުރުމަށް ގިނަ ޑޮކްޓަރުން ގެންދަނީ އިލްތިމާސްކުރައްވަމުންނެވެ.

ހުން އައިސް ހަމުގައި ބިހިތައް ނަގައިފިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަކީ މުހިއްމު ކަމެކެވެ. 

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ