އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 13/01/2020

މީސަލްސް ޖެހިގެން އެންމެ ބޮޑަށް ސީރިއަސްވަނީ 5 އަހަރުން ދަށުގެ ކުދިންނަށާއި ދިފާއީ ނިޒާމް ބަލިކަށި މީހުންނަށް

މިހެން ވިދާޅުވެފައިވަނީ ކުޑަކުދިންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރު ޑރ. ނަޒްލާ މުސްތަފާ އެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 13/01/2020

HPA Ministry of Health Measles Dr Nazla Musthafa Dr Fathimath Nazla Rafeeq
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މީސަލްސް ޖެހިގެން އެންމެ ބޮޑަށް ސީރިއަސް ވަނީ 5 އަހަރުން ދަށުގެ ކުދިންނަށާއި ދިފާއީ ނިޒާމް ބަލިކަށި މީހުންނަށް ކަމަށް ކުޑަކުދިންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރު ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެއެވެ.

މި ދެ ގްރޫޕްގެ އިތުރުން ޕްރެނިސޮލޮން ފަދަ ބޭހެއް ނުވަތަ ކެންސަރު ބައްޔަށް ފަރުވާ ކުރާ މީހުންނަށްވެސް ހިމަ ބިހި ޖެހުމުން ސީރިއަސް ވާނެ ކަމަށް ވިދާޅުވިއެވެ.

މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ މިބަލީގެ ސަބަބުން މުޖުތަމައުގެ އެހެން މީހުންނަށް ސީރިއަސް ވުމުގެ ފުރުސަތު އޮތް ކަމުގައިވީނަމަވެސް، އާއްމުކޮށް ހިމަބިއްސަކީ އެހެން މީހުންނަށް އެހާ ސީރިއަސް ބައްޔެއް ނޫން ކަމެވެ. 

މީގެ އިތުރުން ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ބަލި ޖެހޭ 1000 ކުދިންގެ ތެރެއިން މަރުވަނީ 1-2 ކުދިން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ނަމަވެސް ރާއްޖެ ކަހަލަ ގައުމެއްގައި އެއް ކޭސް ނުވަތަ ދެ ކޭސް ފެނުމަކީ ސީރިއަސްކޮށް ބަލަންޖެހޭ ކަމެއް ކަމަށް ފާހަގަ ކުރެއްވިއެވެ.

އެޗްޕީއޭގެ ހެޑް އޮފް ކޮމިއުނިކަބަލް ޑިޒީޒް ޑރ. ފާތިމަތު ނަޒްލާ ރަފީގް (ފޮޓޯ: ހެލްތު މިނިސްޓްރީ)

ހެލްތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ހެޑް އޮފް ކޮމިއުނިކަބަލް ޑިޒީޒް ޑރ. ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވީ ހިމަ ބިހީގެ އެންމެ ކޭސްއެއް ފެނުނުކަމުގައި ވީނަމަވެސް އަމަލު ކުރާނެ އުސޫލެއް ވަނީ ގާއިމުކުރެވިފައިކަމެވެ. އެގޮތުން 2017 އަދި 2018 ވަނަ އަހަރު ހިމަ ބިހީގެ ކޭސްތައް ރިޕޯޓުކުރެވުމުން މިއުސޫލުގެ ދަށުން ކަންތައް ކުރެވެމުން ދިޔަކަމަށް ފާހަގަ ކުރެއްވިއެވެ.

"މީގެ ތެރެއިން އެންމެ ފުރަތަމަ ކުރާ ކަމަކީ އެއްވެސް މީހެއްގެ އަލާމާތެއް ހުރިއްޔާ، ހުން އައިސް ހަމުގައި ފެން ނުލާ ބިހިތަކެއް ނަގައިފިއްޔާ އެމީހަކު މީސަލްސް އަދި ރުބެއްލާއަށް ޓެސްޓުކުރުން" ޑރ. ފާތިމަތު ނަޒްލާ ވިދާޅުވިއެވެ.

މިއަލާމާތްތައް ފެނިއްޖެނަމަ ވީހާވެސް އަވަހަކަށް ސިއްހީ ފަރުވާ ހޯދާ، ކުޑަ ކުއްޖެއްނަމަ ސްކޫލަށް ނުފޮނުވާ، ބޮޑު މީހެއްނަމަ ވަޒީފާއަށް ނުދިއުމަށް އެޗްޕީއޭގެ ފަރާތުން އިލްތިމާސް ކުރެއްވިއެވެ.

މީގެ އިތުރުން ބަލި ޖެހޭ ފަރާތްތަކުން ހަމުގައި ބިހި ނަގެމުގެ ހަތަރު ދުވަސް ކުރިންނާއި ހަތަރު ދުވަސް ފަހުން، މި އަށް ދުވަހުގެ މުއްދަތަކީ އެހެން މީހުންނަށް ބަލި ފެތުރުމުގެ މުއްދަތުކަން ޑރ. ފާތިމަތު ނަޒްލާ ފާހަގަކުރެއްވިއެވެ. 

ޑރ. ފާތިމަތު ނަޒްލާ އިތުރަށް ވިދާޅުވީ މިހާރު އެންމެ ބޮޑު ސަމާލުކަމެއް ދެނީ ބަލި ޖެހުނު މީހަކަށް "އެކްސްޕޯޒްވި" ފަރާތްތަކާއި ބަލިޖެހުނު ފަރާތް ދިރިއުޅޭ ތަން ވަށާ އުޅޭ މީހުން ވެކްސިން ޖަހާފަތޯ ޔަޤީންކޮށް ނުޖަހާ ހުރިނަމަ ވެކްސިން ދިނުމުގެ މަސައްކަތް ކުރުމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ ސަރުކާރުން ވަރަށް ސީރިއަސްކޮށް މިކަންތައް ބަލަމުން ގެންދާ ކަމެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކާއި، ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ އިތުރުން ޔުނިސެފް އަދި މޯލްޑިވްސް ރެޑް ކްރެޒެންޓްވެސް ހިމެނިގެން ހުރިހާ ފަރާތްތަކެއްގެ ދައުރު އޮވެގެން މަސައްކަތް ކުރައްވާ ކަމަށް ފާހަގަ ކުރެއްވިއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ