3 އަހަރުގެ ކުއްޖަކަށް މީސަލްސް ޖެހުނުކަމަށް ކަށަވަރުކޮށްދީ އެޗްޕީއޭ އިން ނެރުނު ބަޔާނުގައި، އެކުއްޖާ ޒިޔާރަތްކުރި ތަންތަނަށް މީސަލްސް 2 ޑޯޒް ހަމަނުވާ ފަރާތްތަށް ވަކި ގަޑިތަކެއްގައި ދިޔަނަމަ ބަލިފެތުރުމުގެ ފުރުސަތު އޮތްކަމަށް ބުންޏެވެ.
ހިމަ ބިއްސަކީ ވައިގެ ޒަރިއްޔާއިން ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔެކެވެ. އެގޮތުން 4 ސަރަހައްދަކަށް މިކުއްޖާވަނީ ބަލިފެތުރޭ މުއްދަތުގައި ޒިޔާރަތްކޮށްފައެވެ. އެ ސަރަހައްދުތަކަކީ؛
- 4 ޖެނުއަރީ 2020 (ރޭގަނޑު 8-11 އަށް) ހުޅުމާލެ ހޮސްޕިޓަލް
- 5 ޖެނުއަރީ 2020 (ހަވީރު 5-9 އަށް) ހުޅުމާލެ ހޮސްޕިޓަލް
- 6 ޖެނުއަރީ 2020 (ރޭގަނޑު 7-ދަންވަރު 10 އަށް) ސެނެހިޔާ
- 7 ޖެނުއަރީ 2020 (ރޭގަނޑު 7-ދަންވަރު 2 އަށް) ހުޅުމާލެ ހޮސްޕިޓަލް
- 8 ޖެނުއަރީ 2020 (ހެނދުނު 11:30-މެންދުރު 1:30 އަށް) ޓްރީޓޮޕް
- 1-9 ޖެނުއަރޫގެ ހަވީރުގެ ވަގުތުތަކުގައި ހުޅުމާލެ ސެންޓްރަލް ޕާރކަށާއި، އެސަރަހައްދުގެ ކެފޭތައް
މިތަންތަނަށް އެވަގުތުތަކުގައި ދިޔަ ފަރާތްތަކުގެ ތެރެއިން މީސަލްސް ވެކްސިންގެ ދެ ޑޯޒް ހަމަނުވާ ފަރާތްތަކުން ސަމާލުވާންޖެހޭ ކަންތައްތަކެއް އެޗްޕީއޭ އިން ބަޔާންކުރިއެވެ. އޭގެ ތެރޭގައި؛
- ވެކްސިން ދޭ މަރުކަޒަކަށް ވަޑައިގެން ވެކްސިންގެ ޑޯޒުތައް ފުރިހަމަ ކުރުން
- 21 ދުވަހުގެ ތެރޭގައި ހުންއައުމާއެކު ހަމުގައި ބިހި ނަގައިފިނަމަ ލަސް ނުކޮށް ސިއްހީ ފަރުވާ ހޯދުން (އައިޖީއެމްއެޗް އެމަރޖެންސީ ޓްރިއާޖުން ނުވަތަ ހުޅުމާލެ ހޮސްޕިޓަލް 1417 ނަންބަރުން، ނުވަރަ އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ސެންޓަރުން)
އެޗްޕީއޭއިން އިތުރަށް ބުނެފައިވާ ގޮތުގައި މީސަލްސް ހިމެނޭ ވެކްސިންތަކުގެ ތެރެއިން މީސަލްސް ވެކްސިން، އެމް.އާރް. އަދި އެމް.އެމް.އާރް. ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުން ބައްޔަށް ހުށަހެޅުނު ނަމަވެސް އެބަލި ޖެހުމަކީ ނާދިރުކަމެކެވެ.
އެހެންކަމުން މިޑޯޒުތައް ފުރިހަމަކުރުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރިއެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)