އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 11/01/2020

ހިމަބިހި ޖެހިފައިވަނީ ވެކްސިން ޑޯޒް ހަމަނުވާ 3 އަހަރުގެ ކުއްޖަކަށް

ހިމަބިހި ޖެހިފައިވަނީ ވެކްސިން ޑޯޒް ހަމަނުވާ 3 އަހަރުގެ ކުއްޖަކަށް
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 11/01/2020

HPA Measles
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ހިމަބިހި ޖެހިފައިވަނީ މާލެ ސަރަހައްދުގައި ދިރިއުޅޭ 3 އަހަރުގެ ކުއްޖަކަށް ކަމަށް ދާދި ދެންމެއަކު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަށަވަރުކޮށްދީފިއެވެ.

މިކަން އެޗްޕީއޭ އިން ކަށަވަރުކޮށްދީ ނެރުނު ބަޔާނުގައި ބުނެފައިވަނީ މިކުއްޖާ ހިމަބިހި ހުރިކަމަށް ޝައްކު ކުރެވިގެން ހެދި ޓެސްޓުތަކުން ޕޮޒިޓިވް ވެފައިވާ ކަމެވެ. އަދި މުކުއްޖާއަކީ 9 މަހުގައާއި 18 މަހުގައި މީސަލްސް ވެކްސިން ގެ ދެ ޑޯޒް ފުރިހަމަނުކޮށް ހުރި ކުއްޖެއްކަމަށް އެ އޭޖެންސީ އިން ބުންޏެވެ.

މީގެ އިތުރުން އެކުއްޖާއަށް އައިޖީއެމްއެޗް އިން ފަރުވާ ދިނުމަށް ފަހު ހާލު ރަނގަޅުވެ، އޭނާގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރޭ މުއްދަރު ފާއިތުވެފައިވާތީ އެކުއްޖާ މިހާރު ހޮސްޕިޓަލުން ދޫކޮށްފައިވާކަމަށް އެޗްޕީއޭގެ މިބަޔާނުގައި ކަށަވަރުކޮށްދީފިއެވެ.

މިކޭސް ދެނެގަނެވެފައިވަނީ ރާއްޖޭގައި ގާއިމް ކުރެވިފައިވާ ހިމަބިއްސާއި ރުބެއްލާގެ ސަރވެއިލަންސް ނިޒާމުގެ ތެރެއިން ކަމަށާއި މިނިޒާމުގެ ދަށުން ހުންއައިސް ހަމުގައި ބިހިނަގައިފައިވާނަމަ ޓެސްޓުކުރެވޭ ކަމަށް އެޗްޕީއޭ އިން ބުންޔެވެ. އަދި އެގޮތުން 2019 ވަނަ އަހަރު 66 ފަރާތެއް މީސަލްސް އަދި ރުބެއްލާއަށް ޓެސްޓުކުރެވުނެވެ.

އެޗްޕީއޭ އިން ބުނިގޮތުގައި 8 ޖެނުއަރީ 2020 ގައި މިމައްސަލަ ރިޕޯޓުކުރެވުމާއެކު އެ އޭޖެންސީއިން އިންވެސްޓިގޭޝަނެއް ވަނީ ފަށާފައެވެ.

2017 ވަނަ އަހަރު ރާއްޖެއިން ހިމަބިހި ނައްތާލެވިފައިވާ ވާއިރު މިބަލި ރާއްޖޭގައި ފެތުރުން މަދުކުރުމަށްޓަކައި މީސަލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ