އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 10/01/2020

ދަގަނޑުގެ ބަޔާއި، ލޭމަދުވުން (އެނީމިއާ) – ދިވެހިން އިތުރަށް ހޭލުންތެރިވާންޖެހޭ ކަމެއް

ހަށިގަނޑުގައި ލޭމަދުވުން "އެނީމިއާ" އަކީ ހަށިގަނޑުގައި ހިމެނޭ ދަގަނޑުގެ ބައި މަދުވުމުން ދިމާވާ އެންމެ އާންމު އެއް މައްސަލަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 10/01/2020

Nutrition HPA Iron deficiency anemia Iron Anemia
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ދަގަނޑުގެ ބައި ނުވަތަ "އަޔަން" އަކީ އިންސާނާގެ ހަށިގަނޑުގައި ހިމެނޭ މިނެރަލް އެކެވެ. މި މާއްދާގެ މައިގަނޑު ބޭނުމަކީ އިންސާނާގެ ހަށިގަނޑުގައި ހުންނަ ރެޑް ބްލަޑް ސެލްތަކުގައި ހުންނަ ލޭގެ ރަތްބައި (ހެމަގްލޮބިން)އަށް އޮކްސިޖަން ފޯރުކޮށްދިނުމެވެ. ހަމައެހެންމެ އިންސާނާގެ ހަށިގަނޑު ކާބަންޑައިއޮކްސައިޑް މަދުކުރުމަށްވެސް ދަގަނޑުގެ ބައި އެހީތެރިވެދެއެވެ. 

ހަށިގަނޑުގައި ލޭމަދުވުން "އެނީމިއާ" އަކީ ހަށިގަނޑުގައި ހިމެނޭ ދަގަނޑުގެ ބައި މަދުވުމުން ދިމާވާ އެންމެ އާންމު އެއް މައްސަލަ އެވެ. އެގޮތުން ތަފާސް ހިސާބުތަކުން ދައްކާގޮތުން ނަމަ ރާއްޖޭގައި ދަރިމައިވާ އުމުރުފުރާކަމަށް ފާހަގަކޮށްފައިވާ 15 އަހަރާއި 49 އަހަރާއި ދެމެދުގެ ގާތްގަނޑަކަށް 63 އިންސައްތަ އަންހެނުންނަކީ ލޭމަދު ނުވަތަ "އެނީމިއާ" ތަހައްމަލް ކުރަމުންދާ މީހުންނެވެ. އަދި ލޭމަދުވުމުން ރައްކާތެރިވުމަށްޓަކައި ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް ދަގަނޑުގެ ބައި ގިނައިން އެކުލެވޭ ކާނާ ހިމެނުމަށް ސިއްހީ މާހިރުން އިރުޝާދު ދެއެވެ.

ހަށިގަނޑުން ދަގަނޑުގެ ބައި މަދުވުމުގެ ސަބަބުން ރާއްޖޭގެ ގިނަ ތުއްތުކުދިންވެސް ލޭމަދުވުން "އެނީމިއާ" ތަހައްމަލް ކުރެއެވެ. އެގޮތުން ތަފާސް ހިސާބުތަކުން އެނގޭގޮތުގައި ރާއްޖޭގެ 5 އަހަރުން ދަށުގެ އުމުރުފުރައިގެ 49.7 އިންސައްތަ ކުދިންނަކީ ލޭމަދު "އެނީމިއާ" ކުދިންނެވެ. އަދި ތުއްތުކުދިން މިކަމުން ރައްކާތެރިކުރުމަށްޓަކައި ދަގަނޑުގެ ބައި ގިނައިން ހިމެނޭ ކާނާގެ އިތުރުން ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމުގައި ހިމެނުމަށް ސިއްހީ މާހިރުން އިރުޝާދު ދެއްވައެވެ. އަދި ފަނިވުމުން ރައްކާތެރިވުމަކީވެސް "އެނީމިއާ" ކުރިމަތިވުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެކެވެ.

"އެނީމިޔާ"އިން ރައްކާތެރިވެވޭނެ ގޮތަކީ ހަށިގަނޑުގައި ދަގަނޑުގެ ބައި އިތުރުކުރުން ކަމަށްވާއިރު، އެކަމަށްޓަކައި ދުޅަހެޔޮ ކެއުންތައް އިހްތިޔާރުކުރުން ވަރަށްވެސް މުހިއްމެވެ. ހާއްސަކޮށް ދަގަނޑުގެ ބައި ގިނައިން ހިމެނޭ ކާނާތައް ކޮންމެ ދުވަހެއްގެ ކެއުމުގައި ހިމެނުމަކީ މުހިއްމު ކަމެކެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ކާނާ ތަކަކީ؛  

  • ފަތުގެ ބާވަތްތައް (މުރަނގަފަތް، މައްސާގުފަތް، ކޮޕީފަތް، ކަންކުންފަތް) 
  • މަހުގެ ބާވަތްތައް (ކަނޑުމަސް، ކުކުޅުމަސް، ގެރިމަސް)
  • ކަދުރު
  • ބީޓްރޫޓް
  • ކަރާ
  • ބިސް
  • މުގު/ތޮޅީގެ ބާވަތްތައް 
  • ހިއްކާފައި ހުންނަ މޭވާ/ޑްރައި ފްރުޓްސް 

އަދި މާބަނޑުވާން ގަސްދުކުރާނަމަ ނުވަތަ މާބަނޑުދުވަސްވަރު ފައިދާހުރި ކާނާ ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް ހިމަނާ، ހާއްސަކޮށް ދަގަނޑުގެ ބައި އެކުލެވޭ ކާނާ ހިމެނުން މުހިއްމެވެ.

 

މި ލިޔުމުގައިވާ މައުލޫމާތުތައް ނަގާފައިވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންނެވެ.
އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ