އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 04/01/2020

ފޮލިކް އެސިޑް އާއި ގުޅޭގޮތުން އެނގެނީ ކިހާމިންވަރެއް؟

ފޮލިކް އެސިޑްއަކީ ވިޓަމިނެކެވެ. އަދި މިއީ ވިޓަމިން ބީގެ ސިންތެޓިކް ފޯމް އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 04/01/2020

HPA Folic Acid
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ފޮލިކް އެސިޑްއަކީ ވިޓަމިނެކެވެ. އަދި މިއީ ވިޓަމިން ބީގެ ސިންތެޓިކް ފޯމް އެވެ. ފޮލިކް އެސިޑް ހުންނަނީ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ ކާނާގައާއި އަދި ސަޕްލިމެންޓްސްގައެވެ. އަދި މާބަނޑު ދުވަސްވަރު މި ވިޓަމިން މައިމީހާގެ ހަށިގަނޑުގައި މަދުވުމުގެ ސަބަބުން ކުޑަދަރިފުޅު އައިބުތަކާއެކު އުފަންވުމުގެ ފުރުސަތު ބޮޑުވެއެވެ.

ކުޑަދަރިފުޅު އައިބުތަކާއެކު އުފަންވުމުގެ ފުރުސަތު ކުޑަކުރުމަށް، އަންހެންމީހާ ބަލިވެ އިނުމުގެ ތިންމަސް ކުރިންނާއި އަދި ބަލިވެއިނުމަށްފަހު އަންނަ ފުރަތަމަ  3 މަސްދުވަސް ތެރޭގައި ޤަވާއިދުން ފޮލިކް އެސިޑް ބޭނުންކުރުމަށް ޑޮކްޓަރުން ވަރަށް ބޮޑަށް ބާރުއަޅައެވެ. އަދި މި 6 މަސްތެރޭގައި ގަވާއިދުން ފޮލިކް އެސިޑް ބޭނުންކުރާނަމަ، ބަނޑުގައިވާ ދަރިފުޅުގެ ސިކުނޑި އާއި މައިބަދަ ފުރިހަމަގޮތުގައި ހެދިބޮޑުވެއެވެ.

ފޮލިކް އެސިޑް އަކީ ދަރިމައިވުމަށް ވަރަށްވެސް ބޮޑަށް އެހީތެރިވެދޭ މާއްދާއެކެވެ. އެގޮތުން ދަރިން ހޯދުމަށް މަސައްކަތް ކުރަމުންދާ ދުވަސްވަރު އަންހެނުންގެ އިތުރުން ފިރިހެނުންވެސް ފޮލިކް އެސިޑް ހިމެނޭ ކާނާގެ އިތުރުން ފޮލިކް އެސިޑް ސަޕްލިމެންޓެއް ބޭނުންކުރުމަށް ސިއްހީ މާހިރުން މީގެކުރިންވެސް ވަނީ އިރުޝާދު ދީފައެވެ. ހާއްސަކޮށް ފޮލިކް އެސިޑްގެ ސަބަބުން ފިރިހެނުންގެ ދަރިފަނި އުފައްދައިދޭ މިންވަރު އިތުރުވާ ކަމަށްވެސް ދިރާސާތަކުން ބުނެއެވެ.

ފޮލިކް އެސިޑް މަދުވެއްޖެނަމަ އެކަމުގެ އަސަރު ލިބޭ ކުޑަދަރިފުޅުގެ ހަށިގަނޑުން ފެނުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮވެއެވެ. އަދި ހަމައެހެންމެ މީގެ އަސަރު މައިމީހާއަށްވެސް ކުރުވައެވެ. ފޮލިކް އެސިޑް މަދުވުމުން ދިމާވާ މައްސަލަތަކުގެ ތެރޭގައި ބައިގެން ދިއުން، ދުވަސްނުފުރާ ވިހެއުން އަދި (ނިއުރަލް ޓިއުބް ޑިފެކްޓްސް) ސިކުނޑި އާއި މައިބަދަ އުފެދެންވާގޮތް ނޫން ގޮތްގޮތަށް އުފެދުން ހިމެނެ އެވެ.

ނިއުރަލް ޓިއުބް ޑިފެކްޓްސްތަކުގެ ވައްތަރުތައް ކަމުގައި ހިމެނެނީ:

މައިބަދަ ބެދިފައިނުވުމާއެކު ސިކުޑީގައި ފެންހެދިފައި ހުރުން

މައިބަދަ ބެދިފައި ނުވުން އަދި ސިކުނޑީގައި ފެންހެދިފައި ނުވުން

ނާށިގަނޑު އުފެދުމުގައި އައިބެއް ހުރުމާއެކު ސިކުނޑީގގެ ބައެއް ބޭރުވެފައި ހުރުމެވެ.

ދަރިމައިވާ އުމުރުފުރައިގައި ކޮންމެ އަންހެނަކުވެސް ފޮލިކް އެސިޑް ގިނައިން އެކުލެވޭ ކާނާ ކެއުމުގައި ހިމެނުމަކީ ވަރަށްވެސް މުހިއްމު ކަމެކެވެ. ހާއްސަކޮށް ފޮލިކް އެސިޑް ގިނައިން ހިމެނޭ ބައެއް ކާނާތައް ކަމަށްވާ ކޮޕީފަތް، ބޯވެލިފަތް، ކުކުޅު ބިހުގެ ގޮބޮޅި، އޮރެންޖް، ތަފާތު ބާވަތުގެ މުގު، ކެބެޖް، ލެޓިއުސް، ކޯލި ފްލާވަރ އަދި ބްރޮކޮލީ އާއްމު ކެއުމުގައި ހިމެނިދާނެއެވެ. ހަމައެހެންމެ ބަލިވެ އިނުމުގެ ތިންމަސްކުރިންނާއި އަދި ބަލިވެ އިނުމުގެ 3 މަސްފަހުން ކޮންމެ އަންހެނަކުވެސް ފޮލިކް އެސިޑް ސަޕްލިމެންޓެއް ޤަވާއިދުން ބޭނުންކުރުމަކީ މުހިއްމު ކަމެކެވެ. 

ފޮލިކް އެސިޑް ޤަވާއިދުން ބޭނުންކުރުމަކީ ކުރިން ބުނެފައިވާ އެއް މައްސަލަކަމަށްވާ ނިއުރަލް ޓިއުބް ޑިފެކްޓްސްގެ 70 އިންސައްތަ ދައްކޮށްދޭ ކަމެކެވެ. އަދި މަދުގެ ބާވަތްތަކާއި ފެހިކަން ގަދަ ފަތްޕިލާވެލީގެ އިތުރުން، ހުތް މޭވާއަކީ އޭގައި ގިނަ އަދަދަކަށް ފޮލިކް އެސިޑް ހިމެނޭ ކާނާތަކެކެވެ.

މި ލިޔުމުގައިވާ މައުލޫމާތުތައް ނަގާފައިވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޕޯސްޓުތަކުން
އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ