އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 07/12/2019

ނައިބު ރައީސް އިންޑިޔާގެ ކެއާރ ހޮސްޕިޓަލްސް ގްރޫޕްގެ އިސްވެރިންނާއި ބައްދަލު ކުރައްވައިފި

މިބައްދަލުވުމުގައި ވަނީ ކެއާރ ހޮސްޕިޓަލްސް ގްރޫޕްގެ ފަރާތުން ރާއްޖޭގެ ސިއްހީ ނިޒާމަށް ފޯރުކޮށްދެވެން ހުރި އެހީތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.
162075_3fef1601-c_
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 07/12/2019

India Vice President Faisal Naseem CARE Hospitals group
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިންޑިޔާއަށް މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅުގައި، އިންޑިޔާގެ ކެއަރ ހޮސްޕިޓަލްސް ގްރޫޕްގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި އެވެ.

އިއްޔެ މެންދުރުފަހު ބޭއްވި މި ބައްދަލުވުމުގައި، ކެއަރ ހޮސްޕިޓަލް ގްރޫޕުގެ ސީއީއޯ، ޑރ. ރަޖީވް ސިންގަލާއި ކޮލިޓީ ކެއަރ އިންޑިޔާގެ ޖެނެރަލް މެނޭޖަރ އިންޓަރނޭޝަނަލް މާކެޓިންގ، ރަޖީވް ބަލްގެ އިތުރުން ރާއްޖޭގެ ހެލްތު މިނިސްޓަރ، އަބްދުالله އަމީނާއި ދިވެހިރާއްޖެއިން އިންޑިޔާއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު އައިޝަތު މުޙައްމަދު ދީދީ ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލުވުމުގައި ވަނީ ކެއާރ ހޮސްޕިޓަލްސް ގްރޫޕްގެ ފަރާތުން ރާއްޖޭގެ ސިއްހީ ނިޒާމަށް ފޯރުކޮށްދެވެން ހުރި އެހީތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އެގޮތުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޤާއިމްކުރާ ޓާޝަރީ ހޮސްޕިޓަލްތައް އެޅުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކެއާރ ހޮސްޕިޓަލްސް ގްރޫޕްގެ ފަރާތުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

ކެއާރ ހޮސްޕިޓަލްސް އަކީ އިންޑިޔާގެ މަލްޓީ-ސްޕެޝަލްޓީ ހޮސްޕިޓަލެކެވެ. އިންޑިޔާގެ އިތުރުން އޭޝިޔާ އަދި އެފްރިކާގެ 4 ގައުމެއްގައި މިކުންފުނީގެ ދަށުން 26 ހޮސްޕިޓަލާއި، 18 ކްލިނިކް އަދި 40 ޑައެގޮނޮސްޓިކް ސެންޓަރު ހުރެއެވެ. 

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ