އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 05/03/2020

ކޮވިޑް-19: އިންޑިޔާއިން ބޭހުގެ ބާވަތްތައް އެކްސްޕޯޓުކުރުން ކޮންޓްރޯލްކޮށްފި

އެގޮތުން އިންޑިޔާއިން ވަނީ ޖުމްލަ 26 ވައްތަރެއްގެ ބޭހެއް އެކްސްޕޯޓުކުރުން ކޮންޓްރޯލް ކޮށްފަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 05/03/2020

India Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) އާއި ގުޅިގެން ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭސް ސަޕްލައިކުރާ އިންޑިޔާއިން އެހެން ޤައުމުތަކަށް ބޭހުގެ ބާވަތްތައް އެކްސްޕޯޓުކުރުން ކޮންޓްރޯލް ކޮށްފި އެވެ.

އެގޮތުން އިންޑިޔާއިން ވަނީ ޖުމްލަ 26 ވައްތަރެއްގެ ބޭހެއް އެކްސްޕޯޓުކުރުން ކޮންޓްރޯލް ކޮށްފަ އެވެ. އޭގެތެރޭގައި އާންމު ބަލިތަކުގައި އެންމެ ގިނަ މީހުން ބޭނުންކުރާ ޕެރެސެޓްމޯލްގެ އިތުރުން ތަދުކަނޑުވަންދޭ އެސިޓަމިނޯފިން، އެންޓިބަޔޮޓިކްސް އަދި ވިޓަމިންސް ފަދަ ބޭސްތައް ވެސް ހިމެނެ އެވެ.

އިންޑިޔާ ސަރުކާރުންވަނީ މިކަން ޔަގީންވެސް ކޮށްދީފަ އެވެ. އަދި ބޭސް އެކްސްޕޯޓުކުރުން ކޮންޓްރޯލް ކުރިނަމަވެސް ކުރިއަށް އޮތް ދެތިން މަހަށް ބޭނުންކުރެވޭ ވަރަށް ސްޓޮކް ހުރިކަމަށް އެ ޤައުމުގެ ސަރުކާރުން ވަނީ ބުނެފަ އެވެ.

އިންޑިޔާއަކީ ރާއްޖެއަށްވެސް ގިނަ އަދަދެއްގެ ބޭސް އެތެރެކުރާ ޤައުމެކެވެ. އަދި އެކަން ޑރ. އަބްދުﷲ ނިޔާފް ވެސް ވަނީ ފާހަގަކުރައްވާފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ