އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 03/12/2019

ހާއްސަ އެހީއަށް ބެނުންވާ މީހުންނަށް ރަށްރަށުގައި ތިބެގެން ފަރުވާ ލިބޭނެ އިންތިޒާމެއް މިދަނީ ހަމަޖައްސަމުން: ނައިބު ރައީސް

ފައިސަލް ނަސީމް ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ތައުލީމާއި ތަމްރީން ފޯރުކޮށްދިނުމަށް ސަރުކާރުން އިތުރަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.
161353_5284c47f-7_
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 03/12/2019

Riveli exhibition Vice President Faisal Naseem
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރަށްރަށުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެ ރަށްރަށުގައި ތިބެގެން ފަރުވާ ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތްކުރަމުން ދާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

"ރިވެލި" މައުރަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުން އެ މަނިކުފަނު ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ހައްޤުތަކާއި، ރަނގަޅު ފަރުވާ ހޯދައިދިނުމަށް އިތުރަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އަދި އެކަމަށްޓަކައި މިފަދަ މީހުންނަށް ރަށްރަށުން ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

 އިތުރަށް ފައިސަލް ނަސީމް ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ތައުލީމާއި ތަމްރީން ފޯރުކޮށްދިނުމަށް ސަރުކާރުން އިތުރަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ. މީގެއިތުރުން އެ މަނިކުފާނު ވަނީ މިފަދަ މީހުންނަށް ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކަށް ގޮވާލައްވާފަ އެވެ.

"ރިވެލި" މައުރަޒަކީ ހާއްސަ އެހީއަށް ބޭނުންވާ ހުނަރު ދައްކާލުމަށްޓަކައި ކޮންމެ އަހަރަކުވެސް ބާއްވާ މައުރަޒެކެވެ. މިއަހަރުގެ މި މައުރަޒު ނެޝަނަލް އާރޓް ގެލެރީގައި ފައްޓާފައިވާއިރު، މައުރަޒުގައި ޕޭސްޓްރީ، އަތްތެރި މަސައްކަތް، ކުރެހުން އަދި ފެޝަން އެންޑް ޑިޒައިނިން މި ހަތަރު ކެޓަގަރީގެ މަސައްކަތްތައް ފެނިގެންދާނެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ