އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 28/11/2019

ދުންފަތުގެ ބާވަތްތަކުގައި އިންޒާރުގެ ފޮޓޯ ޖެހުމުން ލިބޭނެ ފައިދާ ތަކަކީ ކޮބާ؟

ޓޮބާކޯ ކޮންޓްރޯލް އެކްޓްގެ ދަށުން މިއަހަރުގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އިންޒާރުގެ ފޮޓޯއާއި ނުލައި ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުން މަނައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 28/11/2019

HPA Tobacco control act
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖޭގައި ދުންފަތުގެ ބާވަތްތައް ބޭނުންކުރާ މިންވަރު މަދުކުރުމަށް އުފައްދާފައިވާ ޤާނޫނުގެ ދަށުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އިންޒާރުގެ ފޮޓޯއާއި ނުލައި ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުން މަނާކޮށްފަ އެވެ.

އެޗްޕީއޭއިން އާއްމުކޮށްފައިވާ އިއުލާންގައި ބުނެފައިވާގޮތުން ވިއްކާ ސިގިރޭޓް ފޮށި ނުވަތަ ކާޓޫނުގެ 90 އިންސައްތައިގައި ހުންނަންވާނީ އިންޒާރުގެ ފޮޓޯ ޖަހާފައެވެ. އަދި ފޮށީގައި ފޮޓޯ ޖަހާފައި ހުންނަން ޖެހޭނީ މިއަހަރުގެ ފެބްރުއަރީ މަހު ގެޒެޓް ކޮށްފައިވާ ނަމޫނާ އާއި އެއްގޮތަށެވެ.

އިންޒާރުގެ ފޮޓޯގެ ސަބަބުން އާއްމުންނަށް ކުރާނީ ކޮންކަހަލަ އަސަރެއް؟
  • މިފަދަ ފޮޓޯގެ ސަބަބުން އާއްމުން ދުންފަތުގެ ސަބަބުން ލިބޭ ގެއްލުމަށް ހޭލުންތެރިވުން
  • އަމިއްލަ ސިއްހަތަށް ވިސްނުމާއެކު ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަށް ހިތްވަރު ލިބުން
  • ލިޔަން ކިޔަން ނޭނގޭ މީހުންނަށްވެސް އިންޒާރުގެ މެސެޖު ލިބުން
  • ކުޑަކުދިންނާއި ޒުވާނުން ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވުމަށް އެހީތެރިވުން
  • އާއްމުންގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުން
  • މި ޤާނޫނަށް އަމަލު ކުރަމުންދާ އެހެން ޤައުމުތަކުގެ ތަޖުރިބާއަށް ބަލާއިރު، ވިޔަފާރިއަށް މިކަމުގެ ސަބަބުން ގެއްލުން ނުވުން    

މީގެއިތުރުން އެޗްޕީއޭއިން ބުނެފައިވާ ގޮތުން ސިގިރޭޓް ފޮއްޓެއްގައި އެންމެ ގިނަ ވެގެން ބަންދު ކުރެވޭނީ 20 ސިގިރޭޓެވެ. ބިޑި ބޮޑިއެއްގައި ގިނަވެގެން 50 ބިޑި ބަންދު ކުރެވޭއިރު، ދުންފަތުގެ އެހެން ބާވަތްތަކުން އެންމެ ގިނަ ވެގެން ބަންދުކުރެވޭނީ 50 ގްރާމް ކަމަށްވެސް ވަނީ ބުނެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ