އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 24/11/2019

ރަފީ އިން ލޭ ހަދިޔާ ކުރުމުގެ ކޭމްޕް އެއް ކާމިޔާބު ކަމާއެކު ނިންމާލައިފި

މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއޭ) އާއި ގުޅިގެން އެމްބީއޭގައި މި ކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ ހުކުރު ދުވަހު މެންދުރު 14:00 ން ރޭގަނޑު 22:00 އަށެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 24/11/2019

RAFY Maldives Blood Services
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިންގ ޔޫތް (ރަފީ އެންޖީއޯ) އިން އިސް ނަގައިގެން ހުކުރު ދުވަހު ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ކުރިއަށް ގެންގޮސްފި އެވެ.

މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއޭ) އާއި ގުޅިގެން އެމްބީއޭގައި މި ކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ ހުކުރު ދުވަހު މެންދުރު 14:00 ން ރޭގަނޑު 22:00 އަށެވެ.

މި ކޭމްޕްގައި 130 އަށް ވުރެ ގިނަ މީހުން ލޭ ހަދިޔާކޮށްފައިވޭ.  ފޮޓޯ: ރަފީ

އެމްބީއޭގެ ކްލިނިކަލް ނަރުހެއް ކަމަށްވާ ގުލިސްތާން އީސާ ވިދާޅުވީ މި ކޭމްޕަކީ ތެލެސީމިޔާ ޕޭޝަންޓުން ފަދަ އެމަރޖެންސީކޮށް ލޭ ބޭނުންވާ މީހުންނަށް ލޭ ފޯރުކޮށްދިނުމުގެ މަގްސަދުގައި ކުރިއަށް ގެންދިޔަ ކޭމްޕެއް ކަމަށެވެ. 

އަދި މި ކޭމްޕްގައި 130 އަށް ވުރެ ގިނަ މީހުން ވޮލިންޓިއަރ ކޮށް ލޭ ހަދިޔާ ކޮށްފައިވާ ކަމަށްވެސް ގުލިސްތާން ވަނީ ވިދާޅުވެފަ އެވެ.

ލެޔަކީ މެޝިނަކުން ހެދޭނެ އެއްޗެއް ނޫނެވެ. ލޭ ބޭނުންވާ މީހުންނަށް އެ ލޭ ނެގޭނީ އެހެން އިންސާނެއްގެ ގައިންނެވެ. ލޭ ހަދިޔާ ކުރުމަކީ އެތަކެއް ބަޔަކަށް ވެދެވޭ ބޮޑު އެހީއެކެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ލޭ ހަދިޔާ ކުރާ ކޮންމެ މީހަކީ ލޭ ބޭނުންވާ 3 މީހަކަށް އެހީތެރިވެދޭ މީހެކެވެ. 

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ