އެންޓިމައިކްރޯބިއަލް ރެސިސްޓަންސް އަށް ހޭލުންތެރިކުރުމުގެ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަން އެއް ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބާއްވައިފި

އެންޓިމައިކްރޯބިއަލް ރެސިސްޓަންސް އަށް ހޭލުންތެރިކުރުމުގެ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަން އެއް ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންނަށް ހާއްސަކޮށްގެން ބާއްވައިފިއެވެ.
މިސެޝަން ރާވާ ހިންގާފައިވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ "ޑަބްލިއު.އެޗް.އޯ" އަދި ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ގުޅިގެންނެވެ. މިސެޝަންގައި 116 ދަރިވަރުން ބައިވެރިވެފައިވެއެވެ.
މިސެޝަންގައި މަޢުލޫމާތު ދެއްވާފައިވަނީ މިނިސްޓްރީ އޮފް ހެލްތުގެ ސްޓޭޓް މިނިސްޓަރ ޑރ.ޝާހް ޢަބްދުﷲ މާހިރުގެ އިތުރުން ޑަބްލިއު.އެޗް.އޯ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ.އަރަވިންދު މާތުރްއެވެ. މިބޭފުޅުންގެ ވާހަކަފުޅަށްފަހު އެންޓިމައިކްރޯބިއަލް ރެސިސްޓަންސްއާ ގުޅޭގޮތުން "ސުވާލާއި ޖަވާބު" ސެޝަންއެއްވެސް ކުރިއަށް ގެންދެވުނެވެ.

މައުލޫމާތު ދިނުމުގެ މިސެޝަންގައި އެންޓިބައޮޓިކް ރެސިސްޓެންޓަންސް އިން ސަލާމާތް ވުމަށްޓަކައި ފަރުދީ ފެންވަރުގަ އާއި ޤައުމީ ފެންވަރުގައި ކުރެވިދާނެ ކަންތައްތައް ދަރިވަރުންނަށް ކިޔައިދެވުނެވެ.
މިކަމަކީ ދުނިޔެއަށް ދިމާވެފައިވާ ނުރައްކާތެރި ހާލަތެއްކަމާއި މިކަން ހައްލުކުރުމުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަން ހާމަކުރެވުނެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)