އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 28/09/2019

ގަސްގަހާގެހީގެ ތަކެތިން ހަދާ ކިރު ކުޑަކުދިންނަށް ރަނގަޅެއް ނޫން - ރީސަރޗް

ތަޖުރިބާކާރުންގެ ޕެނެލްއަކުން ނެރުނު ރީސަރޗެއްގައި 5 އަހަރުން ދަށުގެ ކުޑަކުދިންގެ ބުއިމުގެ އާދަކާދަ ގެންގުޅެންޖެހޭ ގޮތާ މެދު އަލިއަޅުވާލިއެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 28/09/2019

Children Milk Nutrition
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

4 މުއައްސަސާއެއް ހިމެނޭ ގޮތައް ސިއްހީ ތަޖުރިބާކާރުންގެ ޕެނެލް އަކުން 5 އަހަރުން ދަށުގެ ކުޑަކުދިންގެ ބުއިމުގެ އާދަކާދަތައް ގެންގުޅެންޖެހޭ ގޮތާ މެދު އަލިއަޅުވާލިއެވެ. އެގޮތުން މައިމީހާގެ ގާތުން ދޭ ކިރާއި، ފޯމިއުލާ، އާދައިގެ ކިރު އަދި ފެން ދިނުމުގައި ބަލަން ޖެހޭ ކަންތައްތަކާއި ބެހޭގޮތުން ވާހަކަދެއްކިއެވެ. މީގެ އިތުރުން ޖޫސް ބޯންދިނުން މަދުކުރުމަށާއި ގަސްގަހާގެހީގެ ތަކެތިން ހަދާ ކިރު ނުދިނުމަށް ނަސޭހަތްތެރިވިއެވެ.

މިޕެނެލްއިން ނެރުނު އުމުރާއި ގުޅޭ ޗާޓަކުން 5 އަހަރުން ދަށުގެ ކުޑަކުދިންގެ ބުއިމުގެ އާދަކާދަތައް ގެންގުޅެން ޖެހޭ ގޮތް ކިޔައިދިނެވެ. މިޗާޓުން ބުނާ ގޮތުގައި ފްލޭވަރޑް ކިރު، ގަސްގަހާގެހީގެ ތަކެތިން ހަދާ ކިރު، ކެފެއިން، އެޑެޑް ޝުގަރ އަދި ހަކުރުގެ ބަދަލުގައި ބޭނުން ކުރެވޭ ބާވަތްތައް ހިމެނޭ ބުއިންތައް ކުޑަކުދިންނަށް ދިނުން މަނާކުރެއެވެ.

މިޗާޓުން އިތުރަށް ބުނާ ގޮތުގައި:

  • 6 މަހުން ދަށުގެ ތުއްތު ކުދިންނަށް ދޭން ވާނީ މައިމީހާގެ ގާތުން ދޭ ކިރު ނުވަތަ ފޯމިއުލާ. 
  • 6 މަހާއި 12 މަހާއި ދެމެދުގެ ތުއްތު ކުދިންނަށް ކާއެއްޗެހި ދޭ ހިސާބުން ކާ ގަޑިތަކުގައި ފެން ދެވޭނެ. ނަމަވެސް ޖޫސް ނުދީ.
  • 12 މަހާއި 24 މަހާއި ދެމެދުގެ ކުދިންނަށް އާދައިގެ ކިރު އަދި ފެން ދެވޭނެ. އަދި 100% މޭވާއިން ހަދާފައިވާ ޖޫސް މަދުމިންވަރަކަށް ދެވޭނެ.
  • 2 އަހަރާއި 5 އަހަރާއި ދެމެދުގެ ކުދިންނަށް ލޯ-ފެޓް އަދި ސްކިމް ކިރާއި ފެން ދިނުމަށް އިސްކަންދީ. އަދި 100% މޭވާއިން ހަދާފައިވާ ޖޫސް މަދުމިންވަރަކަށް ދެވޭނެ.

ޑރ. ނެޓަލީ މިއުތު ވިދާޅުވާ ގޮތުގައި ފެނާއި އާދައިގެ ކިރަކީ ގޭގައި ކުޑަކުއްޖާއަށް ހަމައެކަނި ބޯން ލިބޭ ބާވަތްތަކަށް ހެދުން މުހިންމުކަމެވެ. އަދި މިއީ އާއިލާގެ އެހެން ފަރާތްތަކަށްވެސް އެންމެ ރަނގަޅު ބުއިންތައް ކަމަށް ފާހަގަ ކުރިއެވެ.

ގަސްގަހާގެހީގެ ތަކެތިން ހަދާ ކިރު

މިއީ އަލްމަންޑް، ބަތް، ކާށި، ކެޝިއު އަދި ހޭޒަލްނަޓް ފަދަ ބާވަތްތަކުން ހަދާ ކިރެވެ.

"މި ބުއިންތަކުގައި ގެރީގެ ކިރާއި އަޅާކިޔާ އިރު ކުޑަކުއްޖާއަށް ލިބޭ ނިއުޓްރިއަންޓްސް މަދެވެ. އޭގެ ތެރޭގައި ކެލްސިއަމް، ވިޓަމިން ޑީ އަދި ޕްރޮޓީން ހިމެނެއެވެ." ޑރ. މިއުތު ވިދާޅުވިއެވެ.

ގެރީގެ ކިރަށް އެލަރޖިކް ކުދިން ނުވަތަ ނުގުޅޭ ކުދިންނަށް އޮތް ގޮތްތަކާއި ބެހޭ ގޮތުން ޑައެޓިޝަން އަކާއި ނުވަތަ ނިއުޓްރިޝަނިސްޓަކާއި މަޝްވަރާ ކުރުން މުހިންމެވެ.

ފްލޭވަރޑް ކިރު

ޗޮކޮލެޓް ކިރު ފަދަ ފްލޭވަރޑް ކިރުގެ ބާވަތްތައް ދަނީ އިތުރަށް މަޝްހޫރު ވަމުންނެވެ. އޭގެ ރަހަ މީރުވެފައި ފަސޭހައިން ލިބެން ހުންނާތީވެއެވެ.

ނަމަވެސް މިފަދަ ބުއިންތަކުގައި އެޑެޑް ޝުގަރ ނުވަތަ ގިނަ އަދަދަކަށް ހަކުރު ހިމެނެއެވެ. މީގެ ސަބަބުން ޓައިޕް-2 ހަކުރު ބަލި، ހިތުގެ ބަލިތައް، ލިވަރގެ ބަލިތައް، ދަތް ފަނިކެއުން އަދި ފަލަވުން މެދުވެރިވުން ގާތެވެ.

ޖޫސް

ފިހާރަތަކުގައި ހުންނަ ޖޫސް ފޮށިތަކަކީ އެކި ކުލަ ކުލައިންނާއި ކާޓުނު ތަކުން ޑިޒައިން ކުރެވިފައިވާ ތަކެއްޗެވެ. ނަމަވެސް މީގައި ހުންނަ ނިއުޓްރިއަންޓްސްގެ މައުލޫމާތު ހުންނަނީ އަސްލާ ޚިލާފަށެވެ.

މިބުއިންތަކުން ކުޑަކުއްޖާއަށް "އެނަރޖީ" ލިބުނު ކަމުގައި ވީނަމަވެސް އެ ލިބެނީ ހައި ފްރުކްޓޯޒް ކޯން ސިރަޕް ފަދަ ގެއްލުން ހުރި ބާވަތްތަކުންނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ