ށ. އަތޮޅު ހޮސްޕިޓަލްގައި ފުރަތަމަ ފަހަރަށް ކަރުން މަތީގެ ބޮޑު އޮޕަރޭޝަނެއް ކޮށްފި
ށ. އަތޮޅު ހޮސްޕިޓަލްގައި ކާމިޔާބު ކަމާއިއެކު ފުރަތަމަ ފަހަރަށް ބޮޑު އޮޕަރޭޝަނެއް ކޮށްފި އެވެ.
އެ ހޮސްޕިޓަލުގައި ދެ އަހަރެއްހާ ދުވަހު މަސައްކަތްކޮށްފައިވާ މިސްރުގެ އޮޕަރޭޝަން ޑޮކްޓަރު އަސްލަމް އަހުމަދު ޒަކަރިއްޔާ މިއަދު ކުރެއްވީ ކަރުންމަތީގެ ހާއްސަ އޮޕަރޭޝަނެކެވެ.
A rare surgery ,submandibular sialoadenectomy has been performed successfully in shaviyani atoll hospital in first time Of our history. May Allah (s.w) give patient speedy recovery and good health & fortune. Well done Dr. Eslam, and our team . @MoHmv @psmnewsmv @igmhmv pic.twitter.com/5xYO9cC3JJ
— ShaviyaniAtollHospital (@ShaviyaniH) November 6, 2020
މި އޮޕަރޭޝަން އާއި ގުޅިގެން ށ. އަތޮޅު ހޮސްޕިޓަލަގެ މެނޭޖަރ އަޙްމަދު ޒުމްރަތު ވިދާޅުވީ މިއީ މިހާތަނަށް ފުނަދޫގައި ކުރެވުނު ކަރުންމަތީގެ އެންމެ ބޮޑު އޮޕަރޭޝަން ކަމަށެވެ. ދެ ގަޑިއިރަށް ދެމިގެންދިޔަ މި އޮޕަރޭޝަން ކާމިޔާބުކަމަށާއި، ބަލިމީހާގެ ހާލުވެސް ރަގަޅުކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއީ ށ. އަތޮޅު ހޮސްޕިލްޓަލަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް އޭނާ ގަބޫލު ކުރައްވައެވެ.
ށ. އަތޮޅު ހޮސްޕިޓަލުގައި މި އޮޕަރޭޝަން ކުރީ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެއްގެ ކަމަށާއި ޑޮކްޓަރަށް ދެއްކީ ކަރުދަށް ދުޅަވެ ރިއްސާތީ އެވެ. އެ މީހާ އަށް ކެއިން ބުއިމުގައި ވެސް ދަތިތައް ހުރިއިރު، އެ މީހާގެ ސަލައިވަރީ ގްލޭންޑްސް ދުޅަވެފައިވާކަން، ބެލި ބެލުންތަކުން އެނގުމުން ސާޖަރީ ހަދަން ޑޮކްޓަރުން ނިންމިއެވެ.
ޒުމްރަތު ވިދާޅުވީ މިހާރު ށ. އަތޮޅު ހޮސްޕިޓަލްގެ ސާރޖިކަލް ޓީމަކީ ވަރަށް ގާބިލް ޓީމެއްކަން މި އޮޕަރޭޝަނުން އެނގިގެން ގޮސްފައިވާކަމަށެވެ. އަދި ކަރުންމަތީގެ މިފަދަ ބޮޑެތި އޮޕަރޭޝަންތައް ހޮސްޕިޓަލުން ކުރެވޭނެކަމުގެ ޔަގީންކަން އޮޕަރޭޝަން ޑޮކްޓަރ ދެއްވާފައިވާކަމަށެވެ. މީގެއިތުރުން އޮޕަރޭޝަންތައް ކުރުމަށް ބޭނުންވާ ވަސީލަތްތައް ސަރުކާރުން ފުރިހަމަކޮށްދީފައިވާކަން ޝުކުރުވެރިކަމާއިއެކު ފާހަގަކުރާކަމަށްވެސް ޒުމްރަތު ވިދާޅުވި އެވެ.
ށ. އަތޮޅު ހޮސްޕިޓަލަކީ އަތޮޅުގެ ރައްޔިތުންގެ އިތުރުން ކައިރި އަތޮޅުތަކުގެ މީހުންވެސް ހިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލެކެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)