އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 04/11/2020

ހަކުރު އެކުލެވޭ ބުއިންތަކާއި އެއްވަރަށް ޑައިޓް ބުއިންތަކުން ވެސް ހިތަށް ނޭދެވޭ އަސަރުކުރޭ: ދިރާސާ

ނިއުޓްރިނެޓް-ސަންޓޭ ގެ ނަމުން ނަންދެވިފައިވާ މި ދިރާސާ ހަދާފައި ވަނީ 104،000 ވޮލިންޓިއަރުން ބޭނުންކޮށްގެންނެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 04/11/2020

Research
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ޑައިޓް ބުއިންތަކުންވެސް، ހަކުރު އެކުލެވޭ ބުއިންތަކާއި އެއްވަރަށް ހިތަށް ނޭދެވޭ އަސަރު ކުރާކަމަށް ދިރާސާއަކުން ދައްކައިފި އެވެ. 

ފްރާންސްގެ ނިއުޓްރިނެޓް-ސަންޓޭ ގެ ނަމުން ނަންދެވިފައިވާ މި ދިރާސާ ހަދާފައި ވަނީ 104،000 ވޮލިންޓިއަރުން ބޭނުންކޮށްގެންނެވެ. އަދި އެޓީމުންވަނީ މި ދިރާސާގައި ބައިވެރިވި އެންމެންގެ ޑައިޓް ރިކޯޑުތައް ކޮންމެ ހަ މަހަކުން ބަލަމުން ގޮސްފަ އެވެ. 

ޖާނަލް އޮފް އެމެރިކަން ކޮލެޖް އޮފް ކާރޑިއޮލޮޖީގައި ޝާއިއު ކުރި މި ދިރާސާގައި ވާގޮތުން ހަކަުރު އެކުލެވޭ ބުއިންތަކޭ އެއްގޮތަށް އާރޓިފިޝަލް ހަކުރުން ތައްޔާރުކޮށްފައިވާ ޑައިޓް ބުއިތަކުން ވެސް ކާރޑިއޯވަސްކިއުލާ ޑިޒީސް ނުވަތަ ހިތުގެ ބައްޔަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުކަމަށް ބުނެފައި ވެއެވެ. 

މިފަދަ ބުއިންތަކުގެ ސަބަބުން ދިމާވާ ބައެއް ހިތުގެ ސީރިއަސް މައްސަލަތަކުގެ ތެރޭގައި ސްޓްރޯކް އަދި ހާޓްއެޓޭކް ޖެހުން ހިމެނެ އެވެ. އަދި މި ދިރާސާގެ ނަތީޖާއަށް ވާސިލްވިއިރު ބައިވެރިންގެ ތެރެއިން 1،400 މީހިންގެ ހިތުގެ މައްސަލަ ހުރިކަން ވަނީ ފާހަގަކުރެވިފަ އެވެ. 

މި ދިރާސަަގައި ނުހިމެނޭ ޑައިޓީޝަނެއްކަމަށްވާ ކެޓް ޕެޓަން ވަނީ މިފަދަ ބުއިންތަކުގެ ބަދަލުގައި ގުދުރަތީ މޭވާ ހިމަނާފައި ހުންނަ ބުއިންތައް ބުއިމަށް ލަފާ ދީފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ