އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 10/10/2020

ކޮރޯނާވައިރަސް ޖެހިގެން ޓެސްޓުކުރާ 80 އިންސައްތަ މީހުންގެ ފަރާތުން އެންމެ އާދައިގެ އަލާމާތްތަކެއް ނުފެނޭ: ދިރާސާ

ދިރާސާގައި ހިމަނާފައިވަނީ އެޕްރިލް 26 އިން ޖޫން 27 އާއި ދެމެދު ކޮވިޑް-19 އަށް ޓެސްޓު ކުރެވިފައިވާ 36،061 މީހުންނެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 10/10/2020

Research
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮވިޑް-19 ބަލި ނުވަތަ ކޮރޯނާވައިރަސް ޖެހިގެން ޓެސްޓު ކުރާ ބައެއް މީހުންނަކީ ބަލީގެ އެއްވެސް އަލާމާތެއް ނެތި ޕޮޒިޓިވްވާ މީހުންނެވެ.

މިހާތަނަށް ކޮރޯނާވައިރަސް ޖެހިގެން ޓެސްޓުކުރި މީހުންގެ ތެރެއިން 40-45 އިންސައްތަ މީހުންގެ ކިބައިން ބަލީގެ އަލާމާތެއް ނުފެންނަ ކަމަށް އެމެރިކާގައި ކޮރޯނާވައިރަސް އާއި ދެކޮޅަށް ކުރާ މަސައްކަތުގައި އިސްކޮށް އުޅުއްވާ ޑރ. އެންތަނީ ފައުޗީ ވިދާޅުވެފައިވެއެވެ.

އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވެސް ނެރެފައިވާ އަދަދުތައް މިއާއި އެއްވަރެވެ.

ނަމަވެސް، ދާދި ފަހުން މިކަމާއި ގުޅޭގޮތުން ޔުނިވަރސިޓީ ކޮލެޖް ލަންޑަންގެ ރިސާޗަރުން ވަނީ ދިރާސާއެއް ހަދާފައެވެ. ކްލިނިކަލް އެޕިޑެމިއޮލޮޖީ ގައި ޝާއިއުކުރެވިފައިވާ މި ދިރާސާއަށް ފަހު ދިރާސާގެ ލިޔުންތެރިން ވަނީ އަލާމާތެއް ނެތި ކޮވިޑަށް ޕޮޒިޓިވްވާ މީހުން ގިނަވުމުގެ ސަބަބުން ގިނަ ކޭސްތައް ފެތުރެނީ ނޭނގުމެއްގެ ތެރޭގައި ތިއްބައި ކަމަށް ބުނެފައެވެ.

މި ދިރާސާ ހެދުމަށް ރިސާޗަރުން ބޭނުންކޮށްފައިވަނީ ކޮރޯނާވައިރަހާއި ގުޅޭގޮތުން ނެރެފައިވާ ބައިނަލްއަޣްވާމީ ތަފާސް ހިސަބުތަކެވެ. މި ދިރާސާގައި އެންމެ އާދައިގެ އަލާމަތްތަކުގެ ގޮތުގައި ފާހަގަކޮށްފައިވަނީ ކެއްސުން، ހުން އައުން، އަދި ރަހަ އާއި ވަހަށް ބަދަލު އައުމެވެ.

ދިރާސާގައި ހިމަނާފައިވަނީ އެޕްރިލް 26 އިން ޖޫން 27 އާއި ދެމެދު ކޮވިޑް-19 އަށް ޓެސްޓު ކުރެވިފައިވާ 36،061 މީހުންނެވެ. މީގެ ތެރެއިން 115 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 86 އިންސައްތަ މީހުންގެ ފަރާތުން އެއްވެސް އަލާމާތެއް ފެނިފައެއް ނުވެއެވެ.

މި ދިރާސާއަށް ފަހު ރިސާޗަރުން ވަނީ އަލާމާތްތައް ނުފެނުމުގެ ސަބަބުން އިނގިރޭސިވިލާތުގައި ވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައިވާކަމަށް ބުނެފަ އެވެ. އަދި މިކަން ކަމަށް ބަލއި މިހާރު ކޮވިޑަށް ޓެސްޓުކުރުމުގައި ގެންގުޅޭ އުސޫލުތައް ބަދަލުުކުރަން ޖެހޭކަމަށް ދިރާސާގައި ވަނީ ބުނެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ