އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 03/09/2020

ރުޅި އައިސް ކަންބޮޑުވެފައި ހުންނަ ވަގުތުތަކުގައި ނުކާންވީ ސަބަބަކީ މިއީ!

ގިނަ ފަހަރަށް އަހަރެމެންނަށް ރުޅި އައިސްގެން އެ ރުޅިމަތީގައި ކުރަން ބޭނުންނުވާ އެތައްކަމެއް ކުރެވެއެވެ. މި ލިސްޓުގެ ތެރޭގައި ކެއުންވެސް ހިމެނެ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 03/09/2020

Research Nervous System
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ވަޒީފާގައި ނުވަތަ ގޭގައި އުޅޭއިރު ކަމަކާއި ހިތްހަމަނުޖެހި ގަދަޔަށް ޒުވާބުކުރަން ޖެހުމަކީ ހަމައެކަނި މީހާގެ މޫޑު ހަރާބުކޮށްލާ ކަމެއް ނޫނެވެ. އޭގެ ސަބަބުން މިހާގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ވެސް ގިނަގުނަ ނޭދެވޭ އަސަރުތަކެއް ކުރިމަތިވެއެވެ.

ކޮންމެ މީހެއްވެސް ރުޅިއަންނަ ވަގުތުގައި "ފައިޓް-އެންޑް-ފްލައިޓް" ހާލަތަކަށް މީހާގެ ހަށިގަނޑު ދާކަމަށް ސިއްހީ މާހިރުން ބުނެއެވެ. މީގެ ބޭނުމަކީ ސިމްޕަތެޓިކް ނާރވަސް ސިސްޓަމް މެދުވެރިކޮށް ހަށިގނަޑުގެ ކޯޓިސޮލް ލެވަލް މަތިކޮށްލުމެވެ.

އެގޮތުން މީގެ ސަބަބުން މީހާއަށް ފޫހިކަމާއި އިތުރު ހިތްހަމަނުޖެހުންތައް މެދުވެރިކުރުމެވެ. އަދި ބައެއް ހާލަތްތަކުގައި މީގެ ސަބަބުން ކާހިތްވުން ފަދަ ކަންކަން ކުރިމަތިވެއެވެ.

ގިނަ ފަހަރަށް އަހަރެމެންނަށް ރުޅި އައިސްގެން އެ ރުޅިމަތީގައި ކުރަން ބޭނުންނުވާ އެތައްކަމެއް ކުރެވެއެވެ. މި ލިސްޓުގެ ތެރޭގައި ކެއުންވެސް ހިމެނެ އެވެ.

ލައިފްސްޓައިލް ކޯޗް ލޫކް ކޮޓިންހޯ ދާދިފަހުން ވަނީ މިކަމާއި ގުޅޭ ވީޑިއޯއެއް އިންސްޓަގްރާމަށް ދޫކޮށްލާފަ އެވެ. މި ވީޑިއޯގައި ލޫކް ވަނީ ރުޅިއައިސްފައި ހުންނަ ވަގުތުތަކުގައި ކެއުމުން ހަށިގަނޑަށް ކުރިމަތިވާ ނޭދެވޭ އަސަރުތަކާއި ގުޅޭގޮތުން ވާހަކަދައްފާ އެވެ.

މިހެން މިވަނީ ކީއްވެ؟

ލޫކްގެ ނަޒަރުގައި އަހަރެމެން ރުޅި އައިސް އަދި ކަންބޮޑުވާ ވަގުތުތަކުގައި އޭގެ އަސަރު މުޅި އެތެރެހައްޓަށް  ކުރެއެވެ.

"އަހަރެމެންގެ ހަށިގަނޑު ޑިޒައިންވެފައި ހުންނަނީ ހާސްވެ ރުޅިއަންނަ ވަގުތުތަކުގައި ކެވޭ ގޮތަކަށް ނޫން." ލޫކް ބުނެފައިވެއެވެ.

އަހަރެމެންގެ ހަށިގަނޑު ބެހިފައިވަނީ ދެވައްތަރެއްގެ ނާރވަސް ސިސްޓަމް (ނާރުތަކުގެ ނިޒާމް) އަކަށެވެ. އެއީ ސިމްޕަތެޓިކް އަދި ޕެރަސިމްޕަތެޓިކް ނާރވަސް ސިސްޓަމެވެ. މި ދެ ސިސްޓަމުންވެސް އަދާކުރަނީ މުޅިން ތަފާތު ދެ ރޯލެކެވެ. އެގޮތުން އާންމުގޮތެއްގައި ރުޅި އަންނަ ވަގުތުގައި ސިމްޕަތެޓިކް ސިސްޓަމް މަސައްކަތް ކުރަން ފަށައެވެ. އަދި ނަތީޖާއެއްގެ ގޮތުން އެވަގުތަށް ހަޖަމްކުރާ ނިޒާމުގެ މަސައްކަތް ހުއްޓެއެވެ.

އޭގެއިތުރުން އެވަގުތުގައި އަހަރެމެންގެ ހަށިގަނޑުގެ ކޮލެސްޓްރޯލް ލެވަލް އާއި ލޭގެ ޕްރެޝަރ އަދި ހަކުރު ހުންނަ ލެވަލް މަތިވެއެވެ. މީގެ ސަބަބުން ކާ އެއްޗެހި ހަޖަމްކޮށް ފައިދާހުރި ބައި ވަކި ކުރުމަށް ހަށިގަނޑަށް ދަތިވެއެވެ.

އެއާ ހިލާފަށް އަހަރެމެން ހަމަޖެހިފައި ހުންނަ ވަގުތުތަކުގައި ޕެރަސިމްޕަތެޓިކް ނާރވަސް ސިސްޓަމް މަސައްކަތް ކުރަން ފަށައެވެ. އަދި ހަށިގަނޑުގެ ކޯޓިސޮލް ލެވަލް އާއި ލޭގެ ޕްރެޝަރު ދަށްކޮށްދީ ފަސޭހަކަމާއެކު ހަޖަމްކުރެވެއެވެ.

ދިމާވާ މައްސަލަތައް

ރުޅި އައިސްފައި ހުންނަ ވަގުތުގައި ނުކާންވީ ސަބަބަކީ އެއްފަހަރާ މާގިނައިން ކެއުމުން ދުރުހެލިވުމެވެ. އަހަރެމެންނަށް ނޭނގުނު ނަމަވެސް ހަށިގަނޑުގައި އެންމެ ރަހްމަތްތެރި ދެ ގުނަވަނަކީ ސިކުނޑި އާއި ގޮހޮރެވެ. މި ދެގުނަވަން އަބަދުވެސް ތިބެނީ މުއާމަލާތް ކޮށްކޮށެވެ.

އެހެންނަމަވެސް އަހަރެމެން ރުޅި އަންނަ ވަގުތުތަކުގައި މި ދެ ގުނަވަނުގެ މުއާމަލާތަށް ބުރުއަރައެވެ. އެހެންކަމުން ބަނޑުފުރުނު ނަމަވެސް ރުޅި އައިސްފައި ހުންނަ ހާލަތުގައި ސިކުނޑިން ގޮހޮރަށް ސިގްނަލެއް ފޮނުވައެއް ނުދެވެއެވެ.

ދެވަނައަށް އެންމެ މުހިންމީ ގޮހޮރުގައި އުފެދޭ ބެކްޓީރީއާ ތައް ލެއަށް ފޮނުވުމުން ރައްކާތެރކޮށްދިނުމަށް އުފެދިފައިވާ ކުޑަ ގޮހޮރު ބަލިކަށިވުމެވެ.

"މި ބެކްޓީރީއާތައް ލެޔާއި އެކުވުމުން، ބޭރަށް ހިންގުން އަދި ކޮލިޓިސް ފަދަ ސީރިއަސް މައްސަލަތަކާއި ހަށިގަނޑަށް ކުރިމަތިލާން ޖެހޭ." މިކަމާއި ގުޅޭގޮތުން ލޫކް ބުނެފައި ވެއެވެ.

ހައްލަކީ ކޮބާ؟

ރުޅި އައިސްފައި ހުންނަ ވަގުތުތަކުގައި ކެއުމަކީ އެންމެންނަށްވެސް ގެއްލުން ލިބޭ ކަމެކެވެ. މީގެތެރެއިން ވެސް ބަނޑުގެ އެކި މައްސަލަތައް ހުންނަ މީހުން ވަކިން ހާއްސަ އެވެ.

އެހެންކަމުން ރުޅި އައިސްފައި ހުންނަ ވަގުތު އަތުގައި ޖެހުނު އެއްޗެއް ކެއުމަށްވުރެ ބުއްދިވެރި ގޮތަކީ އެންމެ ފުރަތަމަ ފުންކޮށް ދެތިން ނޭވާ ލައި މީހާގެ ނަފްސް ހަމަޔަކަށް އެޅުވުމެވެ. އަދި ރުޅި މަޑުވުން ހަމަޖެހިލައިގެން ލަސްލަހުން ހަފަމުން ކެއުމެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ