އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 12/08/2020

ވައި ތަޢައްޔަރުވުމުގެ ސަބަބުން އިންސާނާގެ އުމުރު ކުރުވޭ: ދިރާސާ

"ކޮވިޑް-19ގެ ސަބަބުން ލިބޭ ގެއްލުމަށްވުރެ ވައި ނުސާފުވުމުގެ ސަބަބުން އިންސާނާއަށް ލިބޭ ގެއްލުން މާބޮޑު"
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 12/08/2020

Research Air pollution
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ޖައްވު ނުސާފުވެ، ވައި ތަޢައްޔަރުވުމުގެ ސަބަބުން ދުޅަހެޔޮ އިންސާނެއްގެ އުމުރުން ދެ އަހަރު މަދުވާކަމަށް ދާދިފަހުން ހެދި ދިރާސާއަކުން ދައްކައިފި އެވެ.

ޖުލައިމަހުގެ 28ގައި އާންމު ކުރި މި ދިރާސާގައި ހަދާފައިވަނީ "ދަ އެއާ ކޮލިޓީ ލައިފް އިންޑެކްސް (އޭ.ކިއު.އެލް.އައި)" އިންނެވެ.

ދަ އިންޑެކްސް އިން ބުނީ ކޮވިޑް-19އިން ރައްކާތެރިވުމަށް ދުނިޔެއިން ވެކްސިނެއް އުފެއްދުމަށް ރޭސް ޖަހަމުން ދިޔަނަމަވެސް ވައި ތަޢައްޔަރުވުމަށް ހައްލެއް ލިބިފައި ނުވާކަމަށެވެ. އަދި ވައި ތަޢައްޔަރުވުމުގެ ސަބަބުން އިންސާނުންގެ އުމުރުން ދެ އަހަރު މަދުވެ، ބަލިއިތުރުވާކަމަށް ވަނީ ބުނެފަ އެވެ.

ދަ އިންޑެކްސްއިން ބުނީ ވައި ތަޢްޔަރުވުމުގައި އެންމެ އިސްރޯލެއް އަދާކުރަނީ ފޮސިލް ފިއުލް ކަމަށެވެ. އަދި މީގެން ނުކުންނަ ގޭހުގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބެއެވެ.

ދުނިޔޭގައި އެންމެ ވައި ތަޢައްޔަރުވެފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ އިންޑިޔާ އަދި ބަންގްލަދޭޝްގައި ހާލަތު ގޯސްވުމުގެ ސަބަބުން ކުރިއަށް އޮތް އެއް ޤަރުނުގެ ތެރޭގައިވެސް މީހުންގެ ފުރާނައަށް ގެއްލުން ވާނޭކަމަށް ވަނީ ލަފާކޮށްފަ އެވެ.

ވައި ނުސާފުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ސައުތު-އީސްޓް އޭޝިޔާގެ ބަންގްލަދޭޝް، އިންޑިޔާ، ނޭޕާލް އަދި ޕާކިސްތާން ހިމެނެއެވެ. މިއީ ގާތްގަނޑަކަށް ދުނިޔޭގެ އާބާދީގެ ހަތަރު ބައިކުޅަ އެއްބައެވެ.

މިޤައުމުތަކުގައި ދިރިއުޅޭ މީހުންގެ އުމުރުން 5 އަހަރު މަދުވުން އެކަށީގެންވާކަމަށް ދިރާސާގައި ބުނެފައިވެއެވެ.

ސައުތު-އީސްޓް އޭޝިޔާގައި ދިރިއުޅޭ 650 މިލިއަން މީހުންގެ ތެރެއިން 89 އިންސައްތަ މީހުން ދިރިއުޅެނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވައި ތަޣައްޔަރުވުމުން އިންސާނުންނަށް ގެއްލުން ލިބޭކަމަށް ކަނޑައަޅާފައިވާ ހިސާބުތަކުގައެވެ.

އަދި މި ދިރާސާ ހެދި ރިސާޗަރު ވަނީ ކޮވިޑް-19ގެ ސަބަބުން ލިބޭ ގެއްލުމަށްވުރެ ވައި ނުސާފުވުމުގެ ސަބަބުން އިންސާނާއަށް ލިބޭ ގެއްލުން މާބޮޑުކަމަށް ބުނެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ