އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 26/07/2020

ސްކްރީން ވަގުތު ގިނަވި ވަރަކަށް އިންސާނާގެ ފުރާނައަށް އޮތް ނުރައްކާ ބޮޑުވޭ: ދިރާސާ

12 އަހަރަށް ދިގު ދެމުނު މިދިރާސާގައި ވަނީ 500،000 މީހުން ބައިވެރިވެފައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 26/07/2020

Research Screen Time
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮންމެ ދުވަހަކުވެސް ޓީވީ ބަލާ ވަގުތު ދެގަޑިއިރަށް މަދުކުރުމުން އިންސާނާގެ ސިއްހަތު އިތުރަށް ދުޅަހެޔޮކޮށް ހުރުމަށް އެހީތެރިވެދޭކަމަށް ދާދިފަހުން ހެދި ދިރާސާއަކުން ދައްކައިފި އެވެ.

ޔުނިވަރސިޓީ އޮފް ގްލަސްގޯ އިން މި ދިރާސާ ހެދުމަށްޓަކައި ވަނީ އުމުރުން 37-73 އަހަރާއި ދެމެދުގެ 500،000 މީހުން ބައިވެރިކޮށްފަ އެވެ. އަދި ދިރާސާ ޓީމަށް ދިރާސާ އެއްކޮށް ހަދާ ނިންމާލެވިފައިވަނީ ޖުމްލަ 12 އަހަރުންނެވެ.

ދިރާސާގެ ނަތީޖާއެއްގެ ގޮތުން ދިރާސާވެރިން ވަނީ އުމުރުން ދޮށީ މީހުން ސްކްރީން ކައިރީގައި ހޭދަކުރަންޖެހޭ ވަގުތު މަދުކުރަންޖެހޭ ކަމަށް ބުނެފަ އެވެ.

އެގޮތުން ދިރާސާވެރިން ބުނެފައިވާގޮތުން ދިރާސާގައި ބައިވެރިވި މީހުން ޓީވީ ބަލާވަގުތު ކޮންމެ ދުވަހަކު ދެ ގަޑިއިރަށް ލިމިޓްކޮށްފިނަމަ މިމުއްދަތުގައި މަރުވި މީހުންގެ ތެރެއިން 5.62 އިންސައްތަ މީހުން އެކަމުން ސަލާމަތްވެވުނީސް ކަމެވެ. އަދި ހިތުގެ ތަފާތު ބަލިތަކުގައި އެ މުއްދަތުގައި މަރުވި 7.97 އިންސައްތަ މީހުންނަށް އެކަންކަމުން ރައްކާތެރިވުމުގެ ފުރުސަތު އޮތްކަމަށެވެ.

މި ދިރާސާގައި ބުނެފައިވަނީ ހަމައެކަނި ޓީވީގެ ވާހަކައެއް ނޫނެވެ. އޭގެއިތުރުން ލެޕްޓޮޕް، ޓެބްލެޓް އަދި ފޯނުވެސް ހިމެނެއެވެ.

ދިރާސާގައި އިސްކޮށް މަސައްކަތް ކުރެއްވި ޑރ. ހަމިޝް ފޮސްޓަރ ވިދާޅުވަނީ ގިނައިން ޓީވީ ބަލާ، އެއްތަނެއްގައި ހަރަކާތްނުކޮށް ވަގުތު ހޭދަކުރުމުން ސިއްހަތަށް ގެއްލުން ލިބޭކަމަށް މިދިރާސާއިން ހެކިދޭ ކަމަށެވެ.

އާންމުގޮތެއްގައި ސްކްރީން ކައިރީ ގިނަވަގުތު ހޭދަކުރުމަކީ މީހާ ހެލިފެލިވެ އުޅުން ކުޑަކޮށްދޭ ކަމެކެވެ. އަދި އެވަގުތުތަކުގައި އަވަސް އަވަހަށް ބަނޑުހައިވެ ތަފާތު ލުއިކާނާތައް ކެއުމާއި ނިދުން މަދުވުން ފަދަ ސިއްހަތަށް ނުރައްކާތެރި ގިނަ ކަންކަމެއް ކުރިމަތިވެއެވެ.

ނަމަވެސް ސްކްރީން ކުރިމަތީގައި ހޭދަކުރަން ޖެހޭ ވަގުތު ކަނޑައެޅުމަށް އަދިވެސް އިތުރު ދިރާސާތައް ކުރިއަށް ގެންދަން ޖެހޭކަމަށް ޑރ. ފޮސްޓަރ ވިދާޅުވިއެވެ. 

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ