ޗައިނާ ޑޮކްޓަރުންގެ ޓީމުން ހުސެންގެ ލޮލަށް އުފާވެރިކަން ގެނެސްދީފި
އުމުރުން 73 އަހަރުގެ އަބްދުﷲ ހުސެން އޭނާގެ ލޮލުގެ ސާޖަރީއެއް ހެދީ މީގެ ފަސް އަހަރު ކުރިންނެވެ. ވާތު ލޮލުގެ މި ސާޖަރީއަށް ފަހުގައިވެސް ލޮލުގެ ފެނުމަށް އިތުރު ކުރިއެރުމެއް ނުލިބުނުތަނުގައި، ހުސެންގެ ކަނާތު ލޮލުގެ ހާލަތުވެސް ދިޔައީ ދުވަހަކަށް ވުރެ ގޯސްވަމުންނެވެ.
ދެ ލޮލުގެ ފެނުން ގެއްލިދާނެ ކަމުގެ ބިރުހީވާން ފެށުމާއެކު، ހުސެން ދިޔައީ އޭނާގެ ލޯ އިތުރަށް ޑޮކްޓަރަށް ދެއްކުމަށް އިންކާރުވެސް ކުރަމުންނެވެ.
"ލޮލަށް ފެންނާނެކަމުގެ އުއްމީދެއް ނެތްއިރު، އަހަރެންގެ މުޅިއުމުރު އެއްކޮށް ހޭދަކުރާނީ ރޭޑިޔޯ އަޑުއެހުމުގައޭ އަބަދުވެސް އަހަރެންގެ އަމިއްލަށް ނަފްސަށް ބުނަން" ހުސެންގެ ލޮލަށް ފަރުވާދިނުމަށް ހަރަކާތްތެރިވި ޑޮކްޓަރަކާއި މުހާތަބުކޮށް އޭނާ ބުނެފައި ވެއެވެ.
އެހެންނަމަވެސް ހުޅުމާލޭ ހޮސްޕިޓަލްގައި ހުޅުވާފައިވާ ލޮލުގެ ބަލިތަކަށް ހާއްސަ ސެންޓަރުގައި ޗައިނާގެ ލޮލުގެ ޑޮކްޓަރުންގެ ޓީމަކުން ބަލިމީހުން ބެލުމަށް ހަމަޖެހިފައިވާކަން އަންގާ ކުރި އިއުލާން އާއިއެކު ހުސެންގެ ފިރިހެން ދަރިންނަށް އުއްމީދެއް ލިބުނެވެ. އަދި އެ އުއްމީދުގައި އެމީހުން ހުސެން ގޮވައިން ލޮލުގެ ސެންޓަރަށް ދިޔައެވެ.
ޗައިނާގެ ނޫސް މަޖައްލާގައި ޝާއިއުކޮށްފައިވާ އާޓިކަލްގައި ވާގޮތުން ހުސެންގެ ޕްރިލިމިންރީ ޓެސްޓުގެ ނަތީޖާއިން ދެއްކިގޮތުގައި އޭނާގެ ލޮލުގެ ހާލަތު ވަރަށްވެސް ގޯހެވެ. އަދި އޭނާގެ ކަނާތު ލޮލަށް އަލި ފިޔަވާ އިތުރު އެއްޗެއް ނުފެންނަކަމަށް ނަރުސް ކުއްޖާ ބުންޏެވެ.
ދިހަ މިނިޓުގެ އާދައިގެ ސާޖަރީއަކަށްފަހު ހުސެންއަށް މުޅިން އާ ދުނިޔެއެއް ލިބުނު ފަދަ އެވެ. އަދި ޗައިނާ ޑޮކްޓަރުންތައް ހުސެންއަށް ބަލަން ތިބިތަން ފެނުމުން އޭނާގެ މޫނުމަތިން އާދަޔާހިލާފު އުފާވެރިކަމެއް ފެނުނެވެ.
ޖެހިގެން އައިދުވަހު ފޮލޯއަޕް ޗެކަޕްއަށް ހުސެން ހޮސްޕިޓަލަށް އައިއިރު އޭނާގެ ކަނާތު ލޮލުގެ ފެނުން 100/20 އަށް ވަނީ އައިސްފަ އެވެ. އަދި ވައަތު ލޮލުގެ ފެނުން 40/20 އަށް ވަނީ އައިސްފަ އެވެ.
މިލިޔުމުގައި ހިމަނާފައި ވާނީ މި ސާޖަރީގައި ބައިވެރިވި ޗައިނާ ޑޮކްޓަރުންގެ ޓީމުން ޗައިނާގެ ނޫސް މަޖައްލާއެއް ކަމަށްވާ ޝިންހުއާ ނެޓް އަށް ދީފައިވާ މައުލޫމާތުތަކަށް ބިނާކޮށް ޝާއިއުކޮށްފައިވާ އާރޓިކަލް އަކުން ނަގާފައިވާ މައުލޫމާތެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)