އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 22/12/2019

އެމެރިކާގައި ދުންފަތް ގަނެވޭ އުމުރު 21 އަހަރަށް މަތިކޮށްފި

ކުރިއަށް އޮތް ނުވަ މަސް ތެރޭ އެ ގާނޫނަށް އަމަލު ކުރަން ފަށާނެ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކުރެ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 22/12/2019

E-cigarettes Tobacco
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އެމެރިކާގައި ދުންފަތް ގަނެވޭ އެންމެ ހަގު އުމުރު ބަޔާން ކުރާ ގާނޫނަށް އިސްލާހު ގެނެސްފިއެވެ. އެގޮތުން ކުރިން 18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް އެ ޤައުމުގައި ދުންފަތް ގަނެވޭގޮތަށް އޮތް ނަމަވެސް އަލަށް މި ގެނައި އިސްލާހާއިއެކު ދެން އެމެރިކާގައި ސިގިރޭޓު ގަނެވޭނީ އުމުރުން 21 އަހަރުން މަތީގެ މީހުންނަށެވެ.

ދުންފަތް ގަނެވޭ އެންމެ ހަގު އުމުރު ބަޔާން ކުރާ ގާނޫނަށް އިސްލާހު ގެންނަން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރި ބިލް ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހުކުރު ދުވަހު ތަސްދީގު ކުރައްވައިފަ އެވެ. އަދި ކުރިއަށް އޮތް ނުވަ މަސް ތެރޭ އެ ގާނޫނަށް އަމަލު ކުރަން ފަށާނެ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކުރެ އެވެ.

އެމެރިކާގެ ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި ނިކޮޓިން ބޭނުން ކުރާ މިންވަރު ގިނަވުމާއި އިލެކްޓްރޯނިކް ސިނގިރެޓުގެ ނުރައްކާތަކާ ބެހޭ ގޮތުން ކަންބޮޑުވުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި، އެ ޤައުމުގެ ސަރުކާރުން ޤާނޫނަށް ގެނައި މި އިސްލާހަކީ ކުރިއަށް ނެގުނު ރަނގަޅު ފިޔަވަޅެއްގެ ގޮތުގައި ދުންފަތުން ކުޑަކުދިން ސަލާމަތްކުރުމަށް ހިންގާ ކެމްޕެއިންގެ ރައީސް މެތިއު ވަނީ ފާހަގަކޮށްފައެވެ.

އީ ސިނގިރެޓާ ގުޅުން ހުރި ފުއްޕާމޭގެ ބައްޔެއްގައި މި އަހަރު ތެރޭ އެމެރިކާ އިން 47 މީހަކު މަރުވެފައިވާ ކަމަށް އެގައުމުގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އިން ވަނީ މިދިޔަ މަހު ބުނެފަ އެވެ. އެބަލި ޖެހެން މެދުވެރިވާ ސަބަބުތައް އަދި ވެސް ހޯދަމުންދާ އިރު، ރައީސް ޓްރަމްޕް ވަނީ އެގައުމުގައި ބައެއް ފްލޭވާތަކުގެ އީ ސިނގިރެޓު މަނާ ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ