އައި.ޖީ.އެމް.އެޗްގެ ސެންޓަރ ފޯ މެންޓަލް ހެލްތާއި މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖްއާއި، ނެޝަނަލް ސެންޓަރ ފޯ ދަ އާރޓްސް އަދި ރޮޓަރީ ކްލަބް އޮފް މާލެ ގުޅިގެން ނަފްސާނީ ބަލިތަކާއި ބެހޭ ކުރެހުމުގެ މައުރަޒެއް ބާއްވަނީއެވެ.
'IN MY MIND', Art Exhibition hosted by @igmhmv's Centre for Mental Health in collaboration @MoACHmv, @NCA_MDV and Rotary Club of Male'.
— Ministry of Arts, Culture and Heritage (@MoACHmv) September 30, 2019
1-2 OCTOBER 2019 at NATIONAL ART GALLERY
OPEN TO PUBLIC - FREE ENTRANCE pic.twitter.com/VjcJdWGxGy
މި މައުރަޒު ބާއްވަން ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހު 1 އަދި 2 ދުވަހު އާރޓް ގެލެރީގައެވެ. ހުޅުވޭ ގަޑިތަކަކީ 1 ވަނަ ދުވަހު ރޭގަނޑު 8-10 އަކަށެވެ. އަދި 2 ވަނަ ދުވަހު ހެނދުނު 9 އަކުން ހަވީރު 6 އަކަށް އަދި ރޭގަނޑު 9-10 އަކަށެވެ.
މިމައުރަޒު ބަލައިލަން ބޭނުންވާ ހުރިހާ އުމުރުފުރައަކަށް ވަނުން މުޅިން ހިލޭއެވެ. އަދި ލައިވް މިއުޒިކްވެސް ކުޅޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
“In my mind” ނުވަތަ "އަހަރެންގެ ވިސްނުމުގެ ތެރެ" ނަމަކަށް ކިޔާ މިކުރެހުމުގެ މައުރަޒުގެ ބޭނުމަކީ އިންސާނާގެ ސިކުނޑީގެ ރީތިކަން ކުރެހުންތެރިއެއްގެ ނުވަތަ އާޓިސްޓެއްގެ ނަޒަރުން ދައްކާލުމެވެ. އުއްމީދަކީ މީގެ ސަބަބުން މިފަދަ ބަލިތަކަށް އޮންނަ ހޭލުންތެރިކަން އިތުރުވެ ނަފްސާނީ ބަލިތަކާއި މެދު މުޖުތަމައު ދެކޭގޮތް ބަދަލުވުމެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)