މާލެގެ، ހެންވޭރު ހިސާބެއްގައި މަގުކޮނުމުގެ ސަބަބުން އެތަނުގައި ފެން ހެދި މަދިރި އާލާވަނީއެވެ.
އަމީނީ މަގު މޫންލައިޓް ހިނގުން ކައިރިން މަގު ހެދުމަށްޓަކައި ވަޅު ގަނޑެއް ކޮނުނުތާ ދެ ތިން ހަފްތާ ވެއްޖެއެވެ. އެމަގު ވަނީ ބަންދު ކުރެވި އެއްވެސް ދުއްވާ އެއްޗަކަށް ނުވަދެވޭ ގޮތަށް ހަދާފައެވެ. ކޮނެފައިއޮތް ވަޅުގަނޑު ހާމައަށް އޮތުމުގެ ސަބަބުން އެތަނުގައި ކުނި ޖަމާވަނީ އެވެ. އަދި މިދުވަސްވަރު ވާރޭ ވެހޭލެއް ގިނަ ކަމުން އެތަނުގައި ފެން ހެދިފައި އެބަހުއްޓެވެ. ބިރުވެރިކަމަކީ މިއީ މަދިރި އާލާ ވާނެ ވަރަށް ބޮޑު ފުރުސަތެކެވެ. މި ވަޅުގަނޑުގެ ސަބަބުން ތިމާވެއްޓަށް އެތަކެއް ގެއްލުމެއް އެބަ ލިބެއެވެ. އަދި މީގެ އިތުރުން ސިއްހީ ގޮތުން ވަރަށް ނުރައްކާ ވެދާނެ ކަމަށް ލަފާކުރެވެއެވެ.
މަދިރި އަލާވަނީ މިގޮތަށް ހުންނަ ފެންގަނޑު ތަކުގައެވެ. މަދިރި ބިސްއަޅާތާ 8-10 ދުވަސް ތެރޭ އޭތި ބޮޑުވެއެވެ. ގިނަ އަދަދެއްގެ މަދިރި އާލާވުމުން އަޅުގަނޑުމެންގެ މި ރާއްޖޭގައި ނުރައްކާތެރި ބަލިތައް ފެތުރުން ގާތެވެ. އެގޮތުން ޑެންގީއާއި ޗިކުންގުންޔާ ފާހަގަކޮށްލެވެއެވެ. މި އަހަރު ތެރޭ އެކަނިވެސް އޮގަސްޓް 6 އަކާ ހަމައަށް ޑެންގީ ހުމުގެ 3،310 މައްސަލައެއްވަނީ ރިޕޯޓު ކުރެވިފައެވެ. (ޑެންގީ ހުމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން ކިޔާލަމާ)
އެތަކެއް ބަޔަކު ޒިޔާރަތް ކުރާ މި ސަރަހައްދާ ކައިރީގައި އޮންނަނީ ސެނަހިޔާ ހޮސްޕިޓަލެވެ. ބަލިތައް ފެތުރުމުގެ އަނެއް ދޮރެވެ. އަދި ބްރިޖަށް އެރުމަށްޓަކައި މީހުން މަޑުކޮށްގެން ވެސް އިންނަނީ މިސަރަހައްދާ ވަރަށް ކައިރީގައެވެ. މީގެ އިތުރުން މި ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން ދަނީ މަދިރި ގިނަވާކަން ފާހަގަ ކުރަމުންނެވެ.
This has been the state of Ameenee Magu by moonlight hingun for weeks. Idk what they are doing but the road has been blocked and the ditch has been left to collect trash and water that has been a great breeding ground for mosquitoes and now @MaleCitymv @etna295 @HPA_MV (cont) pic.twitter.com/GZmhVRa2Qu
— Sau (@asausun) September 7, 2019
މިކަމާ ބެހޭ ފަރާތްތަކުން ޒިންމާ ނަގާ ވީހާވެސް އަވަހަކަށް މަގު ހަދާ ނިންމުމަކީ ވަރަށްވެސް މުހިންމު ކަމެއް ކަމަށް ދެކެމެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)