އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 21/11/2019

އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ ގޭތެރޭގައި ދެވިދާނެ ބައެއް ފަރުވާތައް

ރާއްޖެއަށް ކުރަމުން ދިޔަ ވިއްސާރައިގެ ސަބަބުން ރޯގާ އާއި ހުންފަދަ ތަފާތު ބަލިތައް ފެތުރިގެން ހިނގައިދާނެއެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 21/11/2019

Dengue HPA Influenza Flu
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މި ފަހަކަށް އައިސް ރާއްޖެއަށް ކުރަމުން ދިޔަ ވިއްސާރައިގެ ސަބަބުން ރޯގާ އާއި ހުންފަދަ ތަފާތު ބަލިތައް ފެތުރިގެން ހިނގައިދާނެ ކަމުގެ އިންޒާރު ދާދި ފަހުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ދީފައެވެ. 

ޙާއްސަކޮށް މިއަދަކީ ސްކޫލްތަކުގެ ކިޔެވުން ބަންދު ބޮޑު ޗުއްޓީ ފެށޭ ދުވަސް ކަމަށް ވުމާއެކު، އެކި ޤައުމުތަކަށާއި އަދި ރަށްރަށަށް މީހުން ދަތުރުކުރާ މިންވަރުވެސް އިތުރުވާނެ އެވެ. ހަމަ މިއާއެކު މިފަދަ ދުވަސްވަރެއްގައި ތަފާތު ރޯގާތަކާއި ބަލިތައް ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

މިފަދަ ރޯގާ އަދި ހުން ޖެހިފައިވާ ނަމަ ގޭތެރޭގައި ދެވިދާނެ ބައެއް ފަރުވާތަކުގެ ތެރޭގައި: 

  • ފުރަތަމަ 3 ދުވަހުގައި ގޭގައި މަޑުކޮށް، ގޭގައި ދެވޭ ފަރުވާތައް ދިނުން (ގިނައިން ދިޔާތަކެތި ބޭނުން ކުރުން، އަރާމު ކުރުން، ހުންގަދަ ވާނަމަ ފެންފޮތި އެޅުން، ކަޅުސައި، ލުނބޯ، އިނގުރު އަދި މާމުއި އަޅައިގެން ބުއިންތައް ބޭނުންކުރުން)
  • ބަލި އިތުރަށް ގޯސްވާނަމަ، ނުވަތަ ހުން އައިސް ރޯގާ ޖެހި ތިން ދުވަހަށް ވުރެ އިތުރުވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން
  • ޑޮކްޓަރުގެ އިރުޝާދާއި ނުލައި ޕެރެސެޓްމޯލް ފިޔަވައި އެހެން ބޭހެއް ބޭނުން ނުކުރުން
  • ބަލި ފެތުރުން މަދުކުރުމަށްޓަކައި، ކޮންމެހެން ދާން ޖެހިގެން މެނުވީ ހޮސްޕިޓަލް ފަދަ ތަންތަނަށް ނުދިއުން

މީގެއިތުރުން ވެސް މިފަދަ ބަލިތަކުން ރައްކާތެރިވުމަށްޓަކައި، އަމިއްލަ ސާފުތާހިރުކަމަށް އިސްކަންދީ، ގިނައިން ދިޔާ ތަކެތި ބޭނުންކޮށް، ގިނައިން އަތް ދޮވުމުގެ އިތުރުން ބަލިވެ އުޅޭއިރު މީހުން ތެރެއަށް ނުނިކުމެ އަދި ކުޑަކުދިންނާއި ގާތްނުވުމަށް ވެސް އެޗްޕީއޭއިން ވަނީ އެދިފަ އެވެ.

ހަމަ މިއާއެކު މި ދުވަސްވަރު ފެތުރެމުންދާ ޑެންގީއިން ސަލާމަތް ވުމަށްޓަކައި މަދިރިން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމަށްވެސް އެޗްޕީއިން އެދެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ