އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ތެދު ވާހަކަ
ލިޔުނީ ނާއިލް އަލީ ޝާއިޢު ކުރީ 17/10/2019

"ސިގިރޭޓު ބުއިމަކީ ޓަފް ކަމެއް ނުވަތަ ބޭޑު ކަމެއް ނޫން"

އިންޓެވިއު ދެއްވި ފަރާތް ސިގިރޭޓު ބޯތާ 6 އަހަރު ވެއްޖެއެވެ. މި އިންޓަވިއުގައި އޭނާ ކުޑަ އިރު ނިންމި ނިންމުމަށާއި އޭގެ ސަބަބުން ހަޔާތަށް ކުރި އަސަރުތަކަށް އަލި އަޅުވާލި އެވެ.
Naail Ali Avatar
ނާއިލް އަލީ

ޝާއިޢު ކުރީ: 17/10/2019

Smoking
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ދިވެހިރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ދެކޭތާ އެތަކެއް އަހަރުތަކެއް ވެއްޖެއެވެ. ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމުން ހުރި ބިރުވެރިކަމަށް ލިބެނީ ކަނުލޮލެކެވެ. ގިނަ މީހުން ދެކެނީ އެއީ ކުޑަކަމެއް ގޮތުގައެވެ. މި ކަން ޔަގީންވަނީ ގޭގައި ބައްޕަމެން ބޯލާ ސިގިރޭޓުންނާއި ސިޑިގޮޅިތިރިން ޖެހިގެން ހުރި ގޭ މީހާ ބޯލާ ސިގިރޭޓުން ނާއި ތިމާގެ އޮފިސްވެރިން ހެނދުނުގެ ނާސްތާހެން ބޯލާ ސިގިރޭޓުން ނެވެ. 

މިފަދައިން ދުންފަތުގެ ވަބާ ދިވެހިރާއްޖޭގައި ފެތުރެން ޖެހުނީ އެއެއްޗިހި ލިބެން ފަސޭހަވުމުންނާއި، އަގު ހެޔޮކަމުގެ އިތުރުން އެކަމާ ދޭތެރޭ އޮންނަން ޖެހޭ ހޭލުންތެރިކަން ނެތުމުންނެވެ. 

ހިތުގެ ބަލިތަކަށް ހާއްސަ ޖަރުމަން ޑޮކްޓަރެއް ކަމަށް ވާ ފްރޭންކް ރިވާރޓަން ދުންފަތުގެ އިސްތިއުމާލު ސިފަކުރަނީ ގްރީކް ވާހަކަ ތަކުގައިވާ ޕެންޑޯރާ ފޮށި ފަދައިންނެވެ. "ދުންފަތުގެ އިސްތިއުމާލަކީ ޕެންޑޯރާ ފޮށި ހުޅުވުން ފަދަ މިސާލެއް، މީގެން މެދުވެރި ވާ ބައިވަރު ބަލިތަކެއް އެބަ ހުރި، އެގޮތުން ހިތުގެ ބަލިތަކުން ގޮސް، އިސްތަށި ފޭބުމުގެ އިތުރުން އަނބިފިރިކަމުގެ ގުޅުން ހިނގުމަށްވެސް ނުކުޅެދޭ" އޭނާ ބުނެފައިވެއެވެ. 

ކުރިޔަށް މިޔޮތީ ނިކޮޓިންއަށް ދެވިހިފާފައިވާ މީހަކާއި ކުރެވުނު އިންޓަރވިއު އެކެވެ. 

 ކޮންއިރަކު ކިހިނެއް ސިގިރޭޓު ބޯން ފެށުނީ؟

އަހަރެން އެންމެ ފުރަތަމަ ސިގިރޭޓެއް ބުއީ އުމުރުން 13 ނުނީ 14 އަހަރުގައި. އޭރު އަހަރެން ހުރީ ބައްޕަ ކޮންމެ ދުވަހަކު ބޯ ސިގިރޭޓުގެ ބާރުން ބައްޕަ ހިތްހަމަޖެހެނީ ކިހިނެއްތޯ ނޭނގި އެއެއް ބަލަން ޝައުގުވެރިވެފައި. އަހެރެންގެ ބައްޕަވެސް މުޅި އުމުރު ހޭދަވީ މި އަމަލުގައި. އޭރު އަހަރެން އުޅުނީ ސަރުކާރު ސްކޫލެއްގައި. އެސުކޫލެކޭ ޖަލެކޭ އެއްވަރު. އެތާ ސަލާމަތުން ހުންނަން ބޭނުން ވަންޔާ ޖެހެނީ "ގަޓު" ދައްކަން. އެއީ އަހަރެން ފުރަތަމަ ސިގިރޭޓު ބޯން ވިސްނި ސަބަބު. ރައްޓެހި ދެކުދިންނާއެކު ބައްޕަގެ ފޮށިން ސިގިރޭޓެއް ނަގައިން ގޮސް ބުއީ. ހަޔާތުގެ ދުވަހެއް އަނބުރާގ ެންނަން ބޭނުން ނުވާވަރަށް އެދުވަސް ގެންނަން ބޭނުންވޭ.

މީގެ ސަބަބުން ސިއްހީގޮތުން ނޭދެވޭ އަސަރު ކުރޭތަ؟

ފުރަތަމަ ސިގިރޭޓު ބުއި ފަހުން 6 އަހަރު ވެއްޖެ. ފުރަތަމަ ކޮޅު މާބޮޑު ތަފާތެއް ނެތް. އިހުސާސް ނުކުރެވުނީ ކަންނޭނގެ. ބަދަލުތަކެއް ނައުން ވެގެންދިޔައީ އަހަރެން މިކަމަށް ދެވި ހިފަން ޖެހުނު ބޮޑު ސަބަބަކަށް. އެއީ އަހަރެންނަށް އޭރު ވިސްނިފަ އިނީ ބޭނުން އިރަކު ހުއްޓިދާނެ ކަމަށް. އެކަމަކު ހަފްތާޔަކު އެއް ސިގިރޭޓުން ދުވާލަކު ފޮއްޓަކަށް ބަދަލު ވެގެން ދިޔައީ. ދުވަހަކަށް ވުރެ ދުވަހެއް ބަލި ވާންފެށި، އަދި ކެއްސުން ގިނަވި. އަހަރެންގެ މޫޑު ރަނގަޅުވާން ސިގިރޭޓަށް ބަރޯސާވާން ޖެހުނު. އަހަންނަށް އިހުސާސްވޭ މަޑު މަޑުން ބަލި ބޮޑު ވާކަން. މީހުން ކިޔާ އަޑު އަހަން، ދަމާ ކޮންމެ ދުންގަނޑަކީ ހަޔާތުން މަދުވާ މިނެޓެކޭ.

ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓަން ބޭނުންތަ؟ ހުއްޓަން މަސައްކަތް ކުރިންތަ؟ 

ހުއްޓަން އުޅުނީ ކިތައް ފަހަރު ކަމެއްވެސް ނޭނގޭ. ކިތަންމެ ދުވަހަކު ހޭލާފައި "މިއީ ފަހު ދުވަހޭ" ހިތަށް އެރި. އެއްބުރު ހުރެވުނު އެއް މަސް ވަންދެން. މާ ގިނަ ދުވަސްތަކެކޭ އެހެން މީހުންނަށް ހީނުވިޔަސް އަހަރެންނަށް އެއީ ބޮޑު ކުރިއެރުމެއް. އެބުރު ވީގޮތަކީ އެކްސިޑެންޓެއް ވެގެން މީހާ ހާސްވެ ކަންބޮޑުވާން ފެށީ. ނިކޮޓިންއަށް ހުރި ބަރޯސާ ވަރުގަދަވެ އަނެއްކާވެސް ސިގިރޭޓު ބޯން ފެށުނީ. އަހަންނަށް ވާނަމަ މިހާރުން މިހާރަށް ހުއްޓާނަން. އެކަމު ނުވާނެއޭ ބުނުމަކީވެސް ދޮގެއް. ޑޮކްޓަރުގެ ލަފާގެ މަތިން ބޭސް ބޭނުންކޮށްގެން ވޭތޯ މިއުޅެނީ. އެންމެ ރަނގަޅު ގޮތް ވުން އުއްމީދަކީ.

ސިގިރޭޓު ބޯންފަށާފައިވާ ނުވަތަ އެކަން ކުރުމަށް ހިޔާލުކުރާ މީހަކަށް ދޭނީ ކޮން ނަސޭހަތެއް؟

ހުއްޓާލާ. މާދަން ރޯނެ މިކަން ކަށީގަ ހިފީމަ. ހަޔާތުގައި ނާންނާނެ ސިގިރޭޓަކުން ރަނގަޅުވާނެ އެއްވެސް ކަމެއް. ހުއްޓަން ފަސޭހައިރު ހުއްޓާލާ. ދެވިހިފާފައި ހުރި މީހުން ހުރި ފަރާތަށް ހުރަސް ކުރަން ނޫޅޭ. މިއީ "ޓަފް" ނުވަތަ "ބޭޑު" ކަމެއް ނޫން. މިއީ ނުރައްކަލެއް.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ